ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 20:47
މޫސުން ގޯސް ދުވަހެއްގެ މަންޒަރެއް
މޫސުން ގޯސް ދުވަހެއްގެ މަންޒަރެއް
މުހައްމަދު ޝަރުހާން
ރާއްޖޭގެ މޫސުން
މޫސުން ގޯސް، ވައިޓް އެލާރޓްގެ ވަގުތު އިތުރުކޮށްފި
ވައިޓް އެލާރޓް ނެރެފައި ވަނީ މިއަދުގެ 16:30 އިން ފެށިގެން 22:30 އާ ހަމައަށް
ކަނޑު ދަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރޭ
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް

އާދިއްތަ ދުވަހުގެ ހެނދުނު ކ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ނެރެފައިވާ ވައިޓް އެލާރޓްގެ މުއްދަތު އިތުރުކޮށް ރ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރައްތަކަށް އަލުން ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ ރ. އަތޮޅާއި ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާރަޓް ނެރެފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 22:30 އާ ހަމައަށް ކަމަށެވެ. 

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން، ގަޑިއަކު 05 މޭލާ 15 މޭލު ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. 

މީގެ އިތުރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. 

އެހެން ކަމުން އާއްމުކޮށް ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް