ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 20:44
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރީ ރަޖިސްޓްރީ ކުރުމަށް ދެ ފޯމު ހުށަހެޅުމަކީ މައްސަލައެއް ނޫން: ޝަރީފު
ސުވާލު އުފެދޭނަމަ ދެވަނަ ފަހަރަށް ވެސް ފޯމު ހުށަހެޅޭނެ
ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ އޮގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށް

ރީ ރަޖިސްޓްރީ ކުރުމުގައި އެއްވެސް ޝައްކެއް އުފެދިއްޖެ ކަމުގައިވާ ނަމަ ދެވަނަ ފަހަރަށް އައިސް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ، ފޯމު ހުށަހެޅުމުގައި ރީ ރަޖިސްޓްރީ ކުރެވުނު ކަމާމެދު އެއްވެސް ސުވާލެއް އޮތް ކަމުގައިވާ ނަމަ ދެވަނަ ފަހަރަށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ކޮންމެ ފަރާތަކަށް ވެސް ރީ ރަޖިސްޓްރީ ކުރިކަން ޔަގީން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަން ޔަގީން ކުރުމަކީ އެމީހެއްގެ ޒިންމާއެއް ކަމަށެވެ.

ރީ ރަޖިސްޓްރީ ވީކަން ޝައްކުވާ ހާލަތްތަކުގައި ދެވަނަ ފަހަރަށް އިލެކްޝަނަށް އައިސް ފޯމު ފުރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފު ވިދާޅުވީ، ރީ ރަޖިސްޓްރީ ވުމަށްފަހު ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާ މުއްދަތުގައި ވޯޓުލާ ދުވަހު ހުންނަ ތަން ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ހާމަކޮށްފައިވާ އިރު ސިޔާސީ ޕާޓީތަކުން ވެސް ދަނީ ރީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކާއި ޖަމިއްޔާތަކުން ވެސް ރީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ބާރު އަޅާކަމަށް ބުނެފައެވެ.

 ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ އޮގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް