ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 19:21
އީޔޫ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
އީޔޫ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
ޔޫރަޕިއަން ޔޫނިއަން
ރާއްޖެ - އިންޑިއާ
އީޔޫއިން ރާއްޖެއާއި މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުން އިންޑިއާގެ ސަމާލުކަމަށް
ދިވެހި މީޑިއާތަކާއި ބޭރުގެ މީޑިއާގެ ޚަބަރުތައް އިންޑިއާއިން ދަނީ ކަވަރުކުރަމުން
އިންޑިއާ - ރާއްޖެ ގުޅުން ވަނީ ގޯސްވެފައި

ރާއްޖޭގެ ރިޔާސީ އިންތިޚާބު މިއަހަރު މިނިވަން ނުވާނެކަމަށް އިންޑިއާއިން ބުނެފައިވަނިކޮށް، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން ނިންމުމުން، އެކަން އިންޑިއާގެ ސަމާލުކަމަށް އައިސްފިއެވެ. 

ރާއްޖެއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމުމާއި ގުޅިގެން އެޚަބަރުތައް އިންޑިއާގެ މީޑިއާތަކުގައި ވަރަށް ތަފްޞީލްކޮށް ވަނީ ގެނެސްދީފައެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގެ މީޑިއާގައި ކަވަރކޮށްފައިވާ ޚަބަރުތަކާއި އެކަމާއި ގުޅިގެން ދިވެހިން ދެކޭ ގޮތާއި ބެހޭ ގޮތުން އިންޑިއާގެ މީޑިއާގައި ޚަބަރުތައް ކަވަރކޮށްފައިވެއެވެ. ޓައިމްސް އޮފް އިންޑިއާ އަދި އޭއެންއައި ފަދަ ނޫސްތަކުގައި ރާއްޖޭގެ ވާހަކަ ފަލަސުރުޚީގައި ލިޔެފައިވެއެވެ. 

ވިލާތުގެ އިއްތިޙާދުން ރާއްޖޭގެ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސް އެޅުމުގެ ސަބަބުންނާއި، އިންސާނީ ހައްޤުތަކަށް ސަރުކާރުން އަރައިގަންނަމުންދާތީ އެކަން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލުމުންވެސް ކަންކަން އިސްލާހު ނުކޮށްގެންނެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު އިންޑިއާގެ ނޫސްވެރިންގެ ލޯތައްވަނީ ރާއްޖެއަށް އަމާޒުވެފައެވެ. ޚާއްސަކޮށް ރާއްޖެއާއި ޗައިނާގެ ގުޅުމާއި މެދު އިންޑިއާގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވާއިރު މި ސަމާލުކަން ވަނީ އިތުރުވެފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ރާއްޖެއިން އަންގާފައިވަނީ ޗައިނާގެ ނުފޫޒުންކަމަށް އިންޑިއާއިން ތުހުމަތުކުރާ މިދަނޑިވަޅުގައި، ރާއްޖޭގެ ކޯސްޓްގާޑްގެ އުޅަނދެއް މަރާމާތުކުރުމަށް އިންޑިއާއަށް ގެންދިޔުމުންވެސް އިންޑިއާގެ ސަމާލުކަން ރާއްޖެއަށް ވަނީ ހުއްޓިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް