ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 20:51
ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން
ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ބޮޑުކުރަން ހުށަހެޅި އިސްލާހު މާދަމާގެ ޖަލްސާގައި ފާސްކުރަނީ
މިހާރު ފީ އަކީ 5000ރ، އިސްލާހުގައި ވަނީ 15000ރ
އެބިލު ކޮމެޓީން ދިރާސާ ކުރިއިރު، އެއްވެސް ބަދަލެއް ނުގެނޭ
މަދާމާގެ ޖަލްސާ ފަށާގަޑިއަކީ 11:00

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދައްކަންޖެހޭ ފީ ބޮޑުކުރަން މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރުމަށް މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

އެ ބިލު ދިރާސާ ކޮށްފައި ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނެވެ. އެ ކޮމެޓީން އެބިލް ފާސްކޮށްފައި ވަނީ، ސަރުކާރުގެ ފަރާތުން، ޕީޕީއެމަށް ނިސްބަތްވާ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.

ހުސައިން ހުށަހެޅުއްވި އެއިސްލާހުގައި ވަނީ މެމްބަރު ކަމަށް ކުރިމަތިލުމަށް މިހާރު ދައްކަންޖެހޭ 5،000ރ. ގެ ބަދަލުގައި 15،000ރ. ދައްކަންޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ.

މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ބޮޑުކުރަން ސަރުކާރުން ހުށަހަޅައި ފާސްކުރުމުގެ ކަންކަން ކުރިއަށްދާއިރު، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފީ ވެސް 40،000ރ. އިން 100،000ރ. އަށް ބޮޑުކުރުމަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ހުށަހަޅައި، ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެސް ހުސައިން އެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ބިލް ތަސްދީގު ކުރެއްވުމާއެކު މިހާރު ދަނީ އެ އިސްލާހަށް އަމަލު ކުރަމުން ނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް