ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 15:25
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ހާއްސަ އެހީއަށް ބޭނުންވާ މީހުން ވޯޓުލާންޖެހޭ އުސޫލު ކުރިން އޮތް ގޮތަށް ބަދަލު ކުރަނީ!
މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ޝަކުވާތަކެއް ލިބިފައިވޭ
ކުރިން އޮތް ގޮތަށް ބަދަލު ގެންނާނެ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި ކުރިން އަމަލު ކުރަމުންދާ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަން ރާއްޖެއެމްވީއަށް ކަށަވަރު ވެއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޖިސްމާނީ ގޮތުން ވޯޓުލުމަށް އުނދަގޫ ފަރާތްތަކަށް އެހީތެރިވުމުގައި ކުރިންވެސް ކަނޑައަޅާފައިވާ ގޮތަށް އެފަދަ ފަރާތްތަކުން އަމިއްލައަށް ކަނޑައަޅާ ފަރާތަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. 

މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި އެހީތެރިވުމަށް އީސީގެ އޮފިޝަލުން ކަނޑައެޅުމަށް ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނު ސުއޫދު ވަނީ ވޯޓުލުމުގައި އެހީތެރިވާނީ ކާކުކަން ނިންމުމުގެ ހައްގު ލިބެން ޖެހޭނީ ވޯޓުލާން ދާ މީހާއަށް ކަމަށް ވިދާޅުވެފަ އެވެ. 

އިލެކްޝަންސް ކޮމިޝަނުންވެސް ވިދާޅުވެފައިވަނީ ހާއްސައެހީއަށް ބޭނުންވާ މީހުން ވޯޓުލާންޖެހޭ އުސޫލު ބަދަލުކުރަން މަޝްވަރާކުރަމުންދާ ކަމަށާއި މިކަމާ މެދު މިހަފްތާ ތެރޭގައި ގޮތެއް ނިންމިގެންދާނެ ކަމަށެވެ.

 ރިޔާސީ އިންތިހާބު 23 ސެޕްޓެމްބަރުގައި ބޭއްވުމަށް ނިންމާފައިވާ އިރު ރީ-ރަޖިސްޓްރޭޝަނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް