ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 12:35
ކުރިމިނަލް ކޯޓްކައިރީ ތިބި ނޫސްވެރިންތަކެއް އެތަނުން ފޮނުވާލުމަށް ފުލުހުން މަސައްކަތްކުރަނީ
ކުރިމިނަލް ކޯޓްކައިރީ ތިބި ނޫސްވެރިންތަކެއް އެތަނުން ފޮނުވާލުމަށް ފުލުހުން މަސައްކަތްކުރަނީ
މުހައްމަދު ޝަރުހާން
ނޫސް މަޖައްލާ
ޑިގްރީ ނެތަސް އެޑިޓަރަކަށް ވެވޭނެ: ގަވައިދު
ޝަރުތުތައް ލުއިކުރީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްގެން
ގެނެވުނު އިސްލާހަށް އަމަލުކުރަނީ މިއަދުން ފެށިގެން

ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީއެއް ނެތަސް، ހަތް އަހަރުގެ ތަޖްރިބާ ލިބިފައިވާ ނަމަ ނޫހެއްގެ އެޑިޓަރަކަށް ވެވޭނެ ކަމަށް ކަނޑައަޅައި ނޫސްމަޖައްލާއާއި މިނޫން ވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް އާދީއްތަ ދުވަހުން ފެށިގެން ބަދަލު ގެނެސްފިއެވެ.

ނޫސް މަޖައްލާތަކުގެ ގަވާއިދަށް މިދިޔަ ޖެނުއަރީ މަހު އަމަލު ކުރަން ފެށިއިރު، އެ ގަވާއިދު އޮތް ގޮތުން ނޫސް މަޖައްލާތަކުގެ އެޑިޓަރަކަށް ވުމުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ކަމާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް އޮތުމާ އެކު ފަސް އަހަރުގެ ތަޖްރިބާ ވެސް ލާޒިމްވާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައި މިވަނީ ނޫސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

ގަވައިދަށް ގެނެވުނު ބަދަލާއިއެކު ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީއެއް ނެތަސް، ހަތް އަހަރުގެ ތަޖްރިބާ ލިބިފައިވާ ނަމަ ނޫހެއްގެ އެޑިޓަރަކަށް ވެވޭނެ އެވެ.

މީގެ އިތުރުން ޖާނަލްތަކުގެ އެޑިޓަރުން ވެސް ޑިގްރީ އޮތުން ލާޒިމްނުވާ ގޮތަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

"ޖާނަލް ނެރެވޭ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ އެ ދާއިރާގައި 7(ހަތެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވުން" އާދީއްތަ ދުވަހު ގެޒެޓްކޮށްފައިވާ ލިޔުމުގައި ވެއެވެ.

ކޮމިކް އެޑިޓަރަކަށް ވުމުގައި ކުރިން އޮތް ޝަރުތަކީ ގްރެފިކްސް ނުވަތަ ޕްރޮޑިއުސިން ދާއިރާއިން ފަސް އަހަރުގެ ތަޖްރިބާ އޮތުން ކަމަށް ވިޔަސް، މިއަދު ގެނައި އިސްލާހުގައި ވަނީ ހަތް އަހަރުގެ ތަޖްރިބާ އޮންނަން ޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.

މިނިސްޓްރީ އޮފް ހޯމް އެފެޔާޒް އިން މީގެ ކުރިން ވަނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނޫގެ 1 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ ނޫސް މަޖައްލާ އާއި އެ ނޫން ވެސް އެފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފައެވެ. އެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސް މަޖައްލާތަކުގެ އެޑިޓަރުގެ ޝަރުތެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުން ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން މި ދާއިރާގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެ ކަމުގައި ބަޔާން ކޮށްފައިވެއެވެ.

ނޫސް މަޖައްލާތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އިސްލާހު ކުރެވުނު ގަވައިދާ އެއްގޮތަށް ނޫސް މަޖައްލާތަކުގެ އެޑިޓަރުން ބަދަލުކުރުމަށް އެއްމަސް ދުވަހުގެ މުއްދަތެއް ހޯމް އެފެޔާޒް އިން ފެބްރުއަރީމަހު ދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް