ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 09:39
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހާފައި
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް މާދަމާ ހުޅުވާލާނެ
މުއްދަތަ ހަމަވާނީ އަންނަ މަހު 4 ގައި
48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެންސީއާ މެދު ގޮތް ނިންމާނެ
ކޯޓަށް ހުށަހަޅައިފިނަމަ، ހަތް ދުވަހުން ގޮތް ނިންމާނެ

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލާތީ، އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ރިޔާސީ އިންތިހާބަށް 64 ދުވަހަށް ވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމާ އެކު ކެންޑިޑެންސީ ފޯމު ބަލައިގަތުމާ މެދު 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. ދެ ދުވަހުގެ ތެރޭގައި ކެންޑިޑެންސީ ފޯމު ބަލައިގަތުމާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަން ޖެހެނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި އެކަން އެގޮތަށް ކުރަން އަންގާފައިވާތީއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހޯމަ ދުވަހުން ފެށިގެން، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައި ވަނީ ކެންޑިޑެންސީއާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނު ޖެހިއްޖެ ނަމަ، ފަސް ދުވަހުގެ ތެރޭގައި އެ މައްސަލަ އެއް ހައި ކޯޓަށް ނުވަތަ ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ކޯޓުން އެފަދަ މައްސަލަތައް ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ. ކެމްޕެއިން ކުރުން ރަސްމީކޮށް ފެށިގެން ދާނީ އެ ދުވަހުން ފެށިގެންނެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 262،141 (ދެ ލައްކަ ފަސްދޮޅަސް ދެހާސް، އެއްސަތޭކަ ސާޅީސް އެކެއް) މީހުންނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް