ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 07:32
އަހްމަދު މަހްލޫފް: މިވަގުތު ހުންނެވީ ގޭ ބަންދުގައި
އަހްމަދު މަހްލޫފް: މިވަގުތު ހުންނެވީ ގޭ ބަންދުގައި
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
މަޖްބޫރުކޮށްގެން އޮފީސްތަކުގެ މުވައްޒަފުންގެ މައުލޫމާތު ހޯދާ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ:މަހްލޫފް
މަޖްބޫރު ކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އެދެން
ޣައިރު ޤާނޫނީ އަމުރުކުރާ ފަރާތްތަކުގެ މައްސަލަތައް ފަހުން ބެލޭނެ

މަޖްބޫރުކޮށްގެން އޮފީސްތަކުގެ މުވައްޒަފުންގެ މައުލޫމާތު ހޯދާ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ކުންފުނިތަކާއި އޮފީސް ތަކުން ރީރަޖިސްޓްރީ ކުރަން މުވައްޒަފުންނަށް މަޖްބޫރެއް ނުކުރެވޭނެ ކަމަށާއި މަޖްބޫރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މުހިންމު ކަމަށެވެ.  އެފަދަ ޣައިރު ޤާނޫނީ އަމުރުކުރާ ފަރާތްތަކުގެ މައްސަލަތައް ފަހުން ބެލޭނެ ކަމަށާއި ފޯމް ފުރުވާފައިވާކަމަށް އެފަދަ ފަރާތްތަކަށް ދެންނެވުމަށްވެސް މަހްލޫފް ވަނީ ގޮވާލައްވާފައެވެ.

މަހްލޫފް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ކުންފުނިތަކުގެ ވެރިންނާއި ނައިބުން މަތީގެ އެންމެން ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގެއަށް އެއްކުރި ކަމަށާއި ދެ ދުވަސްތެރޭ ހުރިހާ މުވައްޒަފުންނާއި އާއިލާގެ މެމްބަރުން ރަޖިސްޓްރީ ކުރުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ. 

ސަރުކާރުން އެފަދަ ގޮތަކަށް މަސައްކަތްކުރަނީ ވޯޓްލުމުގެ ފުރުސަތު ގިނަ ބަޔަކަށް ގެއްލުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމް މެދުވެރިކޮށް އަދި ސަރުކާރުގެ އެއްވެސް ކުންފުންޏެއް ނުވަތަ އޮފީހެއް މެދުވެރިކޮށް ފޯމް ފުރާފައިވާނަމަ އެފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިތޯ ކަށަވަރު ކުރުމަށާއި އޮރިޖިނަލް ސްލިޕް ހޯދުން ވަރަށް މުހިއްމު ކަމަށެވެ. މިމަރުހަލާގައި ގިނަ ބަޔަކަށް ވޯޓްލުމުގެ ފުރުސަތު ގެއްލުވާލަން ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ އިލެކްޝަންސް ކޮމިޝަނުން ރީރަޖިސްޓްރީ ކުރާނެ މޮބައިލް ބޫތު ތަކެއް ބަހައްޓާނެ ކަމަށް ބުނެފައިވާ ބައެއް ތަންތަނުގައި ޕީޕީއެމުން މޭޒު ބަހައްޓައިގެން ރީރަޖިސްޓްރީ ކުރަމުންދާތީ ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ. އަދި ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖްބޫރުކޮށްގެން ރީރަޖިސްޓްރީ ކުރަމުންދާކަމުގެ ޝަކުވާތަކުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ޖުލައި 2018 | އާދީއްތަ 05:26
Noway
Mifco board roomga muvaziffunge re-regist varah Baarah kuriyah ebadhey