ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 00:10
އިނގިރޭސިވިލާތަކީ އީޔޫގެ ފްރޭމްވަރކަށް އަމަލުކުރަން ފެށި ފުރަތަމަ ޤައުމު
އިނގިރޭސިވިލާތަކީ އީޔޫގެ ފްރޭމްވަރކަށް އަމަލުކުރަން ފެށި ފުރަތަމަ ޤައުމު
ސުޕުނިޓްނިކް އިންޓަނޭޝަނަލް
ދަތިކުރުމުގެ ފިޔަވަޅު
ދަތިކުރުމުގެ ފިޔަވަޅުގެ އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފަށައިފި
އީޔޫގެ ނިންމުމާ އެއްގޮތަށް ހައްޤުތަކަށް އަރައިގަންނަ ފަރާތްތަކުގެ މުދާ ހިފަހައްޓައި، ދަތުރުކުރުން މަނާކުރާނެ
އެނެކްސްއަށް ނަންތައް އެރުމުން އެމީހަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެ
އީޔޫގެ މެމްބަރު 28 ޤައުމުން އެ ފްރޭމްވަރކަށް އަމަލުކުރާނެ

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން ފާސްކުރި އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފަށައިފިއެވެ. 

އިނގިރޭސި ޓްރޭޝަރީގެ ދަށުން ހިންގާ އޮފީސް އޮފް ފައިނޭންޝަލް ސެންކްޝަންސް އިމްޕްލިމެންޓޭޝަނުން މިހާރު ވަނީ މި އޮނިގަނޑަށް އަމަލުކުރަން ފަށާފައެވެ. ވިލާތުގެ އިއްތިޙާދުން ރާއްޖޭގެ ސަރުކާރުގެ އިސް ބޭފުޅުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު، އެކަމަށް ބޭނުންވާ އޮނގިގަނޑާއި އަޅާނެ ފިޔަވަޅުތައް ވަނީ ފާސްކޮށްފައެވެ. އަދި ކަންކަން އިސްލާހު ނުވެއްޖެ ނަމަ ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ބޭފުޅުންގެ ނަންތައް، ހާމަކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. 

ވިލާތުގެ އިއްތިޙާދުން ޖުލައި މަހުގެ 16 ވަނަ ދުވަހު އެޅި ފިޔަވަޅުތަކުގެ އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފަށާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އިނގިރޭސިވިލާތަކީ މި އޮނިގަނޑަށް އަމަލުކުރަން ފެށި ފުރަތަމަ ޤައުމެވެ. ވިލާތުގެ އިއްތިޙާދުގެ ނިންމުމާ އެކު އެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުން ވަކިވަކިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަމުން ގެންދާއިރު، ވިލާތުގެ އިއްތިޙާދުގައި ނުހިމެނޭ ވިލާތުގެ އެހެން ޤައުމުތަކުން ވެސް އެއިއްތިޙާދުގެ މިނިންމުމަށް އަމަލުކުރާނެ ކަމަށް ބެލެވެއެވެ.

ވިލާތުގެ އިއްތިޙާދުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނަށް ވިލާތުގެ ޤައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުން ހިމެނެއެވެ. މިފިޔަވަޅުތައް އަޅާނެ މީހުންގެ ނަންތައް އެ އޮނިގަނޑުގެ އެނެކްސްގައި ހިމެނުމަށް ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ކައުންސިލަށް ހުށަހަޅައި، ފާސްކުރަން ޖެހެއެވެ. 

މި ފިޔަވަޅުތައް އަޅާފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ރާއްޖޭގެ ސަރުކާރުގައި ހިމެނޭ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމި ނަމަވެސް، ކަންކަން އިސްލާހުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭކަން ހާމަކޮށްފައެއް ނެތެވެ. އަދި ވިލާތުގެ އިއްތިޙާދަށް ގޮންޖަހައި ރައީސް ޔާމީންގެ އިތުރުން އެހެން ބަައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. ވިލާތުގެ އިއްތިޙާދުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ މިދިޔަ ފެބްރުއަރީ މަހު އެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަކާއި ގުޅިގެންނެވެ. ކަންކަން އިސްލާހުކުރަން އެޤަރާރުގައި ވެސް ގޮވާލާފައިވާއިރު، ފިޔަވަޅު އަޅާފައި މިވަނީ އެއްވެސް ކަމެއް އިސްލާހުނުވެ، އިތުރަށް ގޯސްވުމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
21 ޖުލައި 2018 | ހޮނިހިރު 14:57
kula yellow
ކޮބާ ހީވޭބާ ކަމެންހެން. އަވަހަށް ގޮތްދޫކުރޭ