ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 08:36
އިލެކްޝަންސް ކޮމިޝަންގެ ޕްރެސް ކޮންފަރެންސް
އިލެކްޝަންސް ކޮމިޝަންގެ ޕްރެސް ކޮންފަރެންސް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ހާއްސައެހީއަށް ބޭނުންވާ މީހުން ވޯޓުލާންޖެހޭ އުސޫލު ބަދަލުކުރަން މަޝްވަރާކުރަނީ
މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ޝަކުވާތަކެއް ލިބިފައިވޭ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި އެހީތެރިވުމަށް އީސީގެ އޮފިޝަލުން ކަނޑައެޅުމަށް ނިންމި ނިމުމާ ގުޅިގެން އިތުރަށް މަޝްވަރާކުރެވި، މިހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމު ވިދާޅުވީ އީސީ އޮފިޝަލުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވޯޓުލުމުގައި އެހީތެރިވެދޭ ގޮތަށް ނިންމި ނިންމުމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި އެ ކޮމިޝަނުން އަބަދު ވެސް މަސައްކަތް ކުރާނީ އިންތިހާބުގެ ކަންކަމުގައި ރައްޔިތުން ބޭނުންވާ ގޮތްތައް އޮޅުން ފިލުވައިގެން ކަންކަން ކުރުމަށް ކަމަށެވެ. މި ހަފްތާގެ ތެރޭގައި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި އެހީތެރި ވުމަށް އީސީގެ އޮފިޝަލުން ކަނޑައެޅި ކަނޑައެޅުމަށް އިތުރަށް މަޝްވަރާ ކުރެވި ގޮތްތަކެއް ނިންމާނެ ކަމަށެވެ.

އިލެކްޝަންސް އިން މިގޮތަށް ހާމަކޮށްފައި ވާއިރު އީސީގެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނު ސުއޫދު ވަނީ ވޯޓުލުމުގައި އެހީތެރިވާނީ ކާކުކަން ނިންމުމުގެ ހައްގު ލިބެން ޖެހޭނީ ވޯޓުލާން ދާ މީހާއަށް ކަމަށެވެ.

ކުރިން މިފަދަ ފަރާތްތަކަށް ވޯޓުލުމުގައި އެހީތެރިވަނީ އޭނާ ހަމަޖައްސާ އެހީތެރިއެކެވެ. މިކަމާ ގުޅޭ ގޮތުން މިދިޔަ ހަފްތާގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ވެސް ވަނީ އިސްލާހެއް ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް