ކ. މާލެ
|
21 ޖުލައި 2018 | ހޮނިހިރު 15:30
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
މާރާމާރީ ހިންގުން
ހުޅުމާލޭގައި ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
ޒަހަމްވި ޒުވާނާ އެ ހޮސްޕިޓަލަށް ގެންދިޔައީ ހުކުރު ދުވަހުގެ ރޭ 9:30 ހާއިރު
ހަތްތަނަކަށް ވަޅި ހަރާފައިވޭ

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި ހުކުރު ދުވަހުގެ ރޭ ޒުވާނެއްގެ ގަޔަށް ވަޅި ހެރި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މާރާމާރީއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ ކޯޑިނޭޓަރ އާޝިއާ ސޯލިހު ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނާ އެ ހޮސްޕިޓަލަށް ގެންދިޔައީ ހުކުރު ދުވަހުގެ ރޭ 9:30 ހާއިރު ކަމަށެވެ. އޭނާގެ ގައިގެ ހަތްތަނަކަށް ވަޅި ހަރާފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދެއްވައި އާޝިޔާ ވިދާޅުވިއެވެ. ޒަހަމްކޮށްލާފައި ވަނީ 24 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާޝިއާ ވިދާޅުވެފައި ވެއެވެ.

ހުޅުމާލޭގައި ރޭ ވަޅިން ހަމަލާދީފައިވާ އިރު ބުރާސްފަތި ދުވަހުގެ ރޭ ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް