ކ. މާލެ
|
21 ޖުލައި 2018 | ހޮނިހިރު 12:06
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރީރަޖިސްޓްރޭޝަން ހަރަކާތް ފެށުމުގެ ކުރިން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރީރަޖިސްޓްރޭޝަން ހަރަކާތް ފެށުމުގެ ކުރިން
ރެއިންބޯ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑަޓް
ރިޔާސީ އިންތިހާބު 2018
ރީރެޖިސްޓްރީ ކުރުމަށް މަޖިލިސް މެމްބަރުން ގޭގެއަށް!
މި ހަރަކާތް މިރޭ 9 ޖެހުމާއި ހަމައަށް ކުރިއަށްދާނެ
ފޯކަލް ޕޮއިންޓަކީ މ، ކުނޫޒް
ރީރަޖިސްޓްރީ ކުރުމުގެ ހަރަކާތުގައި ފައިސަލް ވަނީ ބައިވެރިވެވަޑައިގެންފަ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދޮރުން ދޮރަން ހިންގެވުމުގެ ހަރަކާތް ފަށައިފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު މ.ކުނޫޒުގައި އެ ހަރަކާތް ފައްޓަވާދެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމެވެ.

ފައިސަލް ވިދާޅުވީ އަތޮޅުތެރެއަށް ނިސްބަތްވާ ވަރަށް ގިނަ ރައްޔިތުން މާލެ ހުޅުމާލޭގައި ދިރިއުޅެމުންދާ ކަމަށެވެ. ރީރަޖިސްޓްރީ ނުކުރެވިގެން އެންމެ ވޯޓެއް ވެސް ބީވެގެން ގޮސްގެން ނުވާނެކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ އޯގަސްޓު 11 ގެ ކުރިން ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް ނިންމާލަ ދެއްވުމަށް ފައިސަލް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީސް މެމްބަރުންނާއި އެކު ދާއިރާތަކުގެ ރީރަޖިސްޓްރީ ކުރުމުގެ ހަރަކާތުގައި ބައިވެރިވަޑައިގަންނަވަން ފުރުޝަތު ލިބިވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރީރަޖިސްޓްރޭޝަންގެ ހަރަކާތުގެ ތެރެއިން

" އަޅުގަނޑަށް ތިބޭފުޅުންނާއި އެކު މިކަން ފެށުމުގެ ގޮތުން ބައިވެރިވުމުގެ ފުރުޝަތު ލިބުމަކީ އެއީ އަޅުގަނޑަށް އިތުރަށް ލިބިގެންދިޔަ  ހިތްވަރަކާއި އަޒުމެއްކަމަށް ގަބޫލުކުރާ ހިނދު އެންމެހާ ބޭފުޅުންނަން ޝުކުރު ދަންނަވަން" ފައިސަލް ވިދާޅުވިއެވެ.

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މި ހަރަކާތް މ. ކުނޫޒުގައި ހޮނިހިރު ދުވަހުގެރޭ 9:00 އާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. ކޮންމެ ދާއިރާއެއްގެ މަޖިލީސް މެމްބަރާއި އެކު ޓީމްތައް މާލޭގެ އެކި ގޭގެއަށް ގޮސް ކޮންމެ ޓީމަކުން 100 ފޯމް ގެނައުމަކީ އަމާޒު ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ވޯޓުލާ ދުވަހު އެމީހަކު ހުރި ރަށަކަށް ވޯޓު ނުލެވޭގޮތަށް އެކި ހުރަސްތައް އިލެކްޝަން ކޮމިޝަނުން ދިމާކުރަމުން ގެންދާނެ ކަމަށެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ މީހުން ވޯޓުލާ ދުވަހު ތިބޭ ރަށެއްގައި ރަޖިސްޓްރީކުރެވިފައި އޮންނަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

 
ފައިސަލް ވަނީ ގޭގެއަށް ވަޑައިގެން ބައެއް ރައްޔިތުން ރީރަޖިސްޓްރޭޝަން ފޯމް ފުރުއްވާފަ 

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ މިކަމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކި ގުޅިފައިވާ ޕާޓީތަކުގެ ފޯކަލް ޕޮއިންޓުތަކަށް ވަޑައިގެން އަމިއްލައަށް ރީރަޖިސްޓްރީ ކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ މަޖިލީސް މެމްބަރުން ހޮނިހިރު ދުވަހު ދޮރުން ދޮރަން ވަޑައިގެން އެ މެމްބަރުންގެ ދާއިރާގެ ރައްޔިތުން ރީރަޖިސްޓްރީ ކުރުމުގައި ދަނީ ހަރަކާތްތެރިވަމުނެވެ. ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި 23 ސެޕްޓެމްބަރުގައި ވޯޓުލާނަމަ އޯގަސްޓް 11 ގެ ކުރިން ރީރަޖިސްޓްރީ ކުރަންޖެހެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގްމޭޓް ފައިސަލް ވެސް ވަނީ ބައެއް ގެތަކަށް ވަޑައިގެން ރީރަޖިސްޓްރީ ކުރުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް