ކ. މާލެ
|
21 ޖުލައި 2018 | ހޮނިހިރު 10:57
ހުޅުމާލޭގައި ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި މަރުވި މުހައްމަދު ޖަޒްލާން
ހުޅުމާލޭގައި ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި މަރުވި މުހައްމަދު ޖަޒްލާން
ފޭސްބުކް
ހުޅުމާލޭގެ އެކްސިޑެންޓް
ހުޅުމާލޭގައި ހިނގި އެކްސިޑެންޑުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ
އުމުރުން 18 އަހަރުގެ ޒުވާނާ ނިސްބަތް ވަނީ ޅ. އޮޅުވެލިފުށްޓަށް
އޭނާ މަރުވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް

ހުޅުމާލޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުމުން، ޓްރީޓޮޕް ހޮސްޕިޓަލުގައި ހުކުރު ދުވަހުގެ ރޭ ފަރުވާ ދެމުންދަނިކޮށް މަރުވީ ޅ. އޮޅުވެލިފުށީގެ އުމުރުން 18 އަހަރުގެ މުހައްމަދު ޖަޒްލާނެވެ. އޭނާއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ނުރައްކާތެރި އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންސްޓްރަކްޝަން ފެން ހޮޅިތަކެއް އަޅާފައި އޮތް ތަނެއްގެ މަތިން ކަހާލައިގެންނެވެ.

ފުލުހުން ބުނީ ޖަޒްލާން މަރުވީ އެކްސިޑެންޓަކުން ނޫން ކަމަށާއި އޭނާ މަރުވި އިންސިޑެންޓަކުން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ޒުވާނާ މަރުވި ކަމުގެ ރިޕޯޓް ލިބުނީ ހުކުރު ދުވަހުގެ ރޭ 11:35 ހާއިރު ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީގައި ވަޒީފާ އަދަކުރަމުން އައި ޖަޒްލާން އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެހެން ނަމަވެސް އޭނާއަށް އިތުރު ފަރުވާ ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލު ކުރީ ހުކުރު ދުވަހުގެ ރޭ 10:38 ހާއިރު ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުންޏެވެ.

އެކްސިޑެންޓުވި ޒުވާނާ އަކީ ރޭސިން ގުރޫޕެއްގައި ރޭސް ޖަހަން ވެސް އުޅޭ މީހެއް ކަމަށްވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް