ކ. މާލެ
|
20 ޖުލައި 2018 | ހުކުރު 22:53
އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ
އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ
ރާއްޖެއެމްވީ
ހުޅުމާލެ އެކްސިޑެންޓް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މިއެކްސިޑެންޓުގައި ޒަހަމްވީ ޅ. އޮޅުވެލިފުށީގެ މީހެއް

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދިން މީހަކު ބުނީ މި އެކްސިޑެންޓް ހިނގީ މީރޭ 09:00 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންސްޓްރަކްޝަން ފެން ހޮޅިތަކެއް އަޅާފައި އޮތް ތަނެއްގެ މަތިން ކަހާލައިގެން ކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓުގައި އަނިޔާވީ ޅ. އޮޅުވެލިފުށި މީހެކެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާގެ ބޯވަނީ ވަރަށް ބޮޑަށް ފަޅާގޮސްފަ އެވެ. ނަމަވެސް މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ލިބޭގޮތްވެފައެއް ނުވެ އެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއްވެސް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް