ކ. މާލެ
|
20 ޖުލައި 2018 | ހުކުރު 16:40
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓީމް ކާށދޫގައި
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓީމް ކާށދޫގައި
ރާއްޖެއެމްވީ
ރިިޔާސީ އިންތިޚާބު 2018
ވޯޓު އޮޅުވާލަން ޔާމީން މަސައްކަތް ކުރާނެ، އެކަން ހުއްޓުވަން ޖެހޭ: ހަސަން ލަތީފް
އެންމެ އިސްކަމެއް ދޭންވީ ރީރަޖިސްޓްރީ ކުރުމަށް
އޮބުޒާވަރުންނާއި މޮނިޓަރުން ހަމައަށް ތިބުމަކީ މުހިންމުކަމެއް
މި ދަތުރުގައި ކާށިދޫ އަދި ގާފަރުގައި ދޮރުން ދޮރަށް ހިންގުމަށް ވަނީ ހަަޖެހިފައި

ރިޔާސީ އިންތިހާބުގެ ވޯޓު އަޅޮވާލަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށާއި، އެކަން ހުއްޓުވަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުން ގަދަ އަޅާ މަސައްކަތް ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގމޭޓް ފައިސަލް ނަސީމާއި އެކު ކ.ގާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގައި ކިތަންމެ ބައިވަރު ވޯޓެއްލާން ދިމާކުރި ނަމަވެސް ރީރަޖިސްޓްރޭޝަންގެ މަސައްކަތް ނުކޮށްފިނަމަ، ނާކާމިޔާބު ވެދާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ވޯޓު އޮޅުވާލަން މަސައްކަތް ކުރައްވަފާނެ ކަމަށާއި އެހެންކަމުން ވޯޓުލާ ދުވަހު އޮބުޒާވަރުންނާއި މޮނިޓަރުން ވޯޓު ފޮށިތައް ކައިރީގައި ހަމައަށް ތިބުމަކީ މުހިންމު ކަމެއް ކަމަށް ހަސަން ވިދާޅުވިއެވެ.

"ވޯޓު އޮޅުވާލަން ރައީސް ޔާމީން މަސައްކަތް ކޮށްފަނެ އިނގޭތޯ، އެކަން ވެސް އަޅުގަނޑުމެން ހުއްޓުވަންޖެހޭ، ކޮންމެ ފޮއްޓެއް ކައިރީގައި އަޅުގަނޑުމެންގެ އޮބުޒާވަރުންނާއި މޮނިޓަރުން އެ ހުރިހާ އެންމެން ހަމަކޮށް ތިބުން އެއީ ވަރަށް މުހިންމު ކަމެއް" ހަސަން ލަތީފް ވިދާޅުވިއެވެ.

ރީރަޖިސްޓްރޭޝަންގެ މަސައްކަތަކީ މުހިންމު ކަމެއް ކަމަށް ދެކިގެން އެކަން ކުރެއްވުމަށް އެދޭ ކަމަށާއި، އެކަން ރަނގަޅަށް ކުރެވިއްޖެނަމަ ބޮޑުތަނުން މި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ފައިސަލް ގާފަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައްޔިތުންގެ ހާލުބެއްލެވުމަށް ފައިސަލް ގާފަރުގައި ދޮރުން ދޮރަން ވަނީ ހިންގަވާފައެވެ. މި ދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ނައިބް ލިޑަރު ޑރ. ހުސެއިން ރަޝީދާއި، އަދާލާތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ޖޭޕީގެ ކައުންސިލް މެމްބަރުން ބައިވެރިވަޑައިގެންވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް