ކ. މާލެ
|
20 ޖުލައި 2018 | ހުކުރު 17:02
އަހްމަދު މަހްލޫފް: ނުކުޅެދޭ މީހުންނަށް ވޯޓުލެވެން ޖެހޭނީ އެމީހަކު ބޭނުން މީހަކަށް
އަހްމަދު މަހްލޫފް: ނުކުޅެދޭ މީހުންނަށް ވޯޓުލެވެން ޖެހޭނީ އެމީހަކު ބޭނުން މީހަކަށް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުން ބޭނުންވާ ބަޔަކުލައްވާ ފާހަގަ ޖެހޭގޮތް ހައްދަވާ: މަހްލޫފް
އެކަމަށް ބާރުއެޅުމަށް މަހްލޫފް ވަނީ ގޮވާލައްވާފައި
މިހާރު ހަމަޖައްސާފައިވަނީ އިލެކްޝަންސްގެ އޮފިޝަލަކު ވޯޓުލާ ގޮތައް

ވޯޓުލުމުގައި އެހީތެރިކަން ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިންވެސް އޮންނަ ގޮތަށް އެމީހަކު ބޭނުންވާ މީހަކަށް ފާހަގަ ޖެހޭނޭގޮތް ހައްދަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވޯޓު ލުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލްއެއް ފާހަގަ ޖަހައިދޭގޮތަށް ނިންމާފައިވާ ނިންމުން މީގެ ކުރިންވެސް އޮތް ގޮތަށް އޮފިޝަލްގެ ބަދަލުގައި އެހެން ފަރާތަކަށް ފާހަގަ ޖެހޭގޮތަށް ބަދަލު ކޮށްދެއްވުން އެދޭކަމަށެވެ.

މިޓްވީގައި މަހްލޫފް އިތުރަށް ވަނީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ޓްވިޓަރ ހޭންޑްލް ޓެގް ކުރައްވާ އެނިންމުން ބަދަލު ކުރުމަށް ބާރުއެޅުމަށްވެސް އެދިވަޑައިގެންފައެވެ.

މަހްލޫފް މިގޮތަށް ޓްވީޓް ކުރައްވާފައި މިވަނީ ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވާނީ ވޯޓުލާ މަރުކަޒުގައި އިސްކޮށް ހުންނަ އޮފިޝަލް ކަނޑައަޅާ އިލެކްޝަންސްގެ އޮފިޝަލެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެފައި ވަނިކޮށެވެ.

އަކްރަމް އެހެން ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް އޮންނަނީ އެފަދަ މީހުންނަށް އެމީހަކު ބޭނުންވާ މީހަކު ލައްވައި ވޯޓު ލެވޭ ގޮތަށެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު މިމަހުގެ ނުވަ ވަނަ ދުވަހު ތަސްދީގުކޮށްފައިވާއިރު ގާނޫނުގެ 45 ވަނަ މާއްދާގެ ށ ގައި މީގެ ކުރިން ބުނެފައިވަނީ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގައި އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެއް ކަމަށެވެ. ނަމަވެސް ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ނުކުޅެދިގެންވާ މީހަކަށް ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖަހައިދިނުމުގައި ކޮންމެ މީހަކަށްވެސް އެހީވެދެވޭނީ، ހަމައެކަނި އެކަކަށް ކަމަށް ބުނެފައިވެއެވެ.

އެ މާއްދާއަށް މިހާރު ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގައި އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް