ކ. މާލެ
|
20 ޖުލައި 2018 | ހުކުރު 10:27
އަދީބު ރައީސް ޔާމީންއާއެކު: އަދީބަކީ ކުރިން ސަރުކާރުގައި އެންމެ ބާރުގަދަ އެއްބޭފުޅާ
އަދީބު ރައީސް ޔާމީންއާއެކު: އަދީބަކީ ކުރިން ސަރުކާރުގައި އެންމެ ބާރުގަދަ އެއްބޭފުޅާ
ރައީސް އޮފީސް
އަހުމަދު އަދީބު
ޕާޓީތަކާއެކު ބޭއްވި މަޝްވަރާތަކުގައި ނަޝީދާއި އިމްރާން އަދި ނާޒިމް ދޫކޮށްލަން އެއްބަސްވި: އަދީބު
އިދިކޮޅު ފަރާތްތަކުން އެއްބަސްވި ކަންކަން ކޮށްދިން
ސަރުކާރުން އެއްބަސްވިކަންކަން ކުރުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވި
މައްސަލަ ޖެހުނީ އެހާހިސާބުން

ސިޔާސީ ޕާޓީތަކާއެކު 2015 ގައި ބޭއްވި މަޝްވަރާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވިކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާކަމަށް އަދީބުގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

އަދީބު އެކަހެރިކޮށް ޖަލުގައި އޮންނަތާ 1000 ދުސް ވެފައިވާއިރު އަދީބުގެ ވަކީލުން ބުރާސްފަތި ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ މަޝްވަރާތައް 2015 ގައި ކުރެވެން ފެށިއިރު ރައީސް މުހައްމަދު ނަޝީދާއި ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ހުންނެވީ ޖަލުގައި ކަމަށާއި ސިޔާސީ މަޝްވަރާ ކުރެވުނީ އެ ބޭފުޅުން ޖަލުން މިނިވަން ކުރުމަށާއި ސަރުކާރުން އެދޭ ބައެއް ކަންތައްތަކަށް އިދިކޮޅު ފަރާތްތަކުން އިޖާބަ ދިނުމަށް ކަމަށް އަދީބު ވިދާޅުވި ކަމަށެވެ. އަދި ސިޔާސީ މަޝްވަރާއަށް ސަރުކާރުގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ރައީސް ޔާމީން ހަމަޖެއްސެވީ އަދީބު ކަމަށް ވެސް އަދީބާއި ހަވާލާދެއްވައި ވަކީލުން ވިދާޅުވެފައިވެއެވެ.

 ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އޭރު ކުރެވުނު މަޝްވަރާތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެއްބަސްވި ހުރިހާކަމެއް އެއްބަސްވިގޮތަށް ވަނީ ކޮށްފައެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ކޮށްދިނުމަށް އެއްބަސްވި ކަންތައްތައް ކޮށްދޭން ރައީސް ޔާމީން ދެކޮޅު ހެއްދެވިކަމަށާއި އެހެން އެކަން ހިނގުމުން އަދީބުގެ ފަރާތުން ރައީސް ޔާމީންގެ އަރިހުގައި، ސިޔާސީ ފަރާތްތަކަށް ދޮގުހަދައިގެން އެ ބޭފުޅުން ޖަލުން މިނިވަން ނުކޮށް އައިހެވަން ޕްރޮޖެކްޓާއި ބޮޑެތި އެއްވެސް އިންވެސްޓްމެންޓެއް ނުގެނެވޭނެ ކަމަށް އަދީބު ވިދާޅުވިކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ޖަވާބުގައި ރައީސް ޔާމީން ކޯފާ އިސްކުރައްވައި ވިދާޅުވެފައި ވަނީ "ސިޔާސީ މީހުން ޖަލަށްލަނީ މިނިވަންކުރަން ނޫންކަމާއި އުމުރަށް މަރުވަންދެން ޖަލުގައި ބޭތިއްބުމަށްކަމަށް" އަދީބު ވިދާޅުވިކަމަށެވެ.  

ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ އޭގެ ފަހުން ރިޔާސީ ލޯންޗުކޮޅުގައި ހާދިސާއެއް ހިނގައި އަދީބް ވެސް ވަނީ އެހެނިހެން ސިޔާސީ ބޭފުޅުންނާ އެއްގޮތަށް ފުރޭމްކުރެވި ޖަލަށް ލެވިފައި ކަމަށާއި އަދީބް ޖަލުގައި ހުންނަވައި، އިދިކޮޅު ފަރާތްތަކާގުޅި "އެމް.ޔޫ.އޯ" އާ ގުޅުމާއެކު ޝަރީޢަތްތައް އަވަސްކޮށް ހިންގައި ބޮޑެތި ހުކުމްތައް އަދީބަށް ކޮށްފައިވާކަމަށެވެ. އަދި  ފަހުގެ ތާރީހެއްގައި 1000 ދުވަހު އެކަހެރިކޮށް ބަންދުކުރެވިފައިވާ ސިޔާސީ ބޭފުޅަކީ ހަމައެކަނި އަދީބު ކަމަށާއި މިމުއްދަތުގައި އަދީބަށް އާންމު ޤައިދީއަކަށް ލިބޭ މިންވަރަށް ވެސް އެއްވެސް އިނާޔަތެއް ސަރުކާރުން ފޯރުކޮށްދީފައި ނުވާކަމަށް އަދީބުގެ ވަކީލުންގެ ބަޔާނުގައި ވެއެވެ.

އަދީބްގެ ބޭސް ފަރުވާގެ ކަންތައްތައް ހަމަޖައްސަވައި ދެއްވުމަށާއި ދިވެހިރާއްޖޭގެ ސްޕްރިމް ކޯޓުން 01 ފެބްރުއަރީ 2018 ގައި ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގޮވާލާކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ސްޕެޝަލް ޕްރޮޓެކްޝަން ލިބިދޭން ޖެހޭ މީހަކަށް އަދީބު ވާތީ ޢާއިލީ ބައްދަލުވުން އަދި ވަކީލުންގެ ބައްދަލުވުން ގާނޫނާއި ގަވައިދާ އެއްގޮތަށް ދެމުން ގެންދިއުމަށް މުއައްސަސާތަކަށް ގޮވާލާކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
20 ޖުލައި 2018 | ހުކުރު 09:55
މޫސަ
އަދީބު ޔާމީން އާއެކީ ގުޅިގެން އެއްވެސް ރަޙުމެއް ނެތި ހިންގި ޖަރީމާތަކުގެ ޝިކާރައަކަށް ވެފައިވާ އަދީބުގެ ނިކަމެތި ކަމާއެވެ. ދުނިޔެ މަތީ ބާރެއް ލިބޭ އިރަށް ތިމާވަަރުގެ މީހަކު ނެތްކަމަށް ހިތާ ބޮޑާވެރިކަމާ ކިބުރުވެރިކަން މަތީ މޭ ފުއްޕާފައި މީސްތަކުންނަށް ނިކަމެތިކަން ދީ އުޅުނު މީހުން، އަމިއްލަ ނަފްސަށް ނިކަމެތިކަން ތަޙައްމަލުކުރަންޖެހުމަކީ ދުނިޔެ ދައްކާ އިބްރަތެއް