ކ. މާލެ
|
20 ޖުލައި 2018 | ހުކުރު 09:55
ފައިސަލް ނަސީމު ކާށިދޫ އަދި ގާފަރަށް ފުރާވަޑައިގަންނަވަނީ
ފައިސަލް ނަސީމު ކާށިދޫ އަދި ގާފަރަށް ފުރާވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ކާށިދޫ އަދި ގާފަރުގައި ފައިސަލް ދޮރުން ދޮރަށް!
ފައިސަލް އާއި އޭނާގެ ޓީމުން ފުރާވަޑައިގެންފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 6:45 ހާއިރު
ޖޭޕީ އަދި އެމްޑީޕީގެ ކައުންސިލް މެންބަރުން ބައިވެރިވެ ވަޑައިގަންނަވާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންމޭޓް ފައިސަލް ނަސީމު ކ. ކާށިދޫ އަށާއި ގާފަރަށް ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.

ކާށިދޫ ދާއިރާގެ މި ދެރަށަށް ވަޑައިގަތުމަށް ފައިސަލް އާއި އޭނާގެ ޓީމު ފުރާވަޑައިގެންފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 6:45 ހާއިރުއެވެ.

މި ދަތުރުގައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި، ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ހުސައިން ރަޝީދާއި ޖޭޕީ އަދި އެމްޑީޕީގެ ކައުންސިލް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި، އެދާއިރާއެއްގެ ގޮނޑި ފައިޞަލް ނަސީމު، ފުރުއްވާ ކާށިދޫ ދާއިރާގެ ދެ ރުށުގެ ރައްޔިތުންގެ ތާއީދު ހޯދުމަށް ދޮރުން ދޮރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ހުކުރު ދުވަހުގެ މެންދުރު ކުރީގައި ކާށިދޫއަށް ފައިސަލް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާނެއެވެ. އަދި ހުކުރު ނަމާދަށް ފަހު ގާފަރަށް ވަޑައިގެން ދޮރުންދޮރަށް ހިންގަވައި އެރަށުގެ ކެމްޕޭން ޓީމުތަކާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންމޭޓް ކަމަށް ފައިސަލް ކަނޑައެޅުއްވި ފަހުން އެމަނިކުފާނު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ފުރުއްވާ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ކެމްޕެއިން ދަތުރެއްގައި ފައިސަލް އެންމެ ފުރަތަމަ ވަޑައިގެންނެވީ އޭނާގެ އުފަންރަށް ކަމަށްވާ ފުވައްމުލަކު ސިޓީ އަށާއި، އައްޑޫ ސިޓީ އަށެވެ. އެ ދެ ސިޓީން ހޫނު މަރުހަބާއެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓީމަށް ކިޔާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް