ކ. މާލެ
|
20 ޖުލައި 2018 | ހުކުރު 12:46
ރައީސް ޔާމީން ބާރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ރައީސް އަށް މަރުހަބާ ދެންނެވުމަށާއި ސިޔާސީ ވާހަކަ ދައްކާ ޖަލްސާތަކަށް ކުޑަކުދިން ނެރުން ވަނީ އާންމުވެފައި
ރައީސް ޔާމީން ބާރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ރައީސް އަށް މަރުހަބާ ދެންނެވުމަށާއި ސިޔާސީ ވާހަކަ ދައްކާ ޖަލްސާތަކަށް ކުޑަކުދިން ނެރުން ވަނީ އާންމުވެފައި
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީންގެ ދަތުރުފުޅާ ދިމާކޮށް ރަށްރަށުގެ ސްކޫލުތައް ބަންދުކުރާ މައްސަލަ ފެންމަތިވެއްޖެ
ރައީސް ޔާމީން ވަޑައިގަންނަވާތީ ގްރޭޑް 5 އިން މަތީގެ ހުރިހާ ދަރިވަރުން ބަނދަރަށް ދިއުމަށް ސުކޫލުގެ ފަރާތުން ވަނީ އަންގާފައި
ބުދަ ދުވަހު ކިޔަވައި ނުދީ ބަނދަރަށް ދިޔަ ކުދިންގެ ރަޖިސްޓާރ ވަނީ މާރކް ކޮށްފައި

ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކާ ދިމާކޮށް ސްކޫލުތަކުގެ ކިޔެވުން ބަންދުކުރާ މައްސަލަ ފެންމަތިވެއްޖެއެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތުދިން ބާރަށުގެ ބެލެނިވެރިއަކު ބުނީ އެރަށަށް ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހުމާ އެކު މަރުހާބާ ކިޔުމަށް ބަނދަރު މައްޗަށް ދިއުމަށް ސްކޫލުގެ ފަރާތުން ގްރޭޑް 5 އިން މަތީގެ ދަރިވަރުންނަށް އެންގި ކަމަށާއި، ކުދިންނާ އެކު ބެލެނިވެރިން ވެސް ބައިވެރިވުމަށް އަންގާފައިވާ ކަމަށެވެ.

އިއްޔެއަކީ (ބުދަ ދުވަސް) ރަސްމީކޮށް ސްކޫލުތަކުގައި ކިޔަވައިދޭ ދުވަހެއްކަން ފާހަގަކޮށް އެމީހާ ބުނީ ރައީސް ޔާމީން އެރަށަށް ވަޑައިގަންނަވާތީ އެދުވަހުގެ ކިޔެވުން ކުރިއަށް ނުގެންދާ ކަމަށާއި، މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެދުވަހު ބަނދަރަށް ދިއުމުން އެ ދުވަހު ސްކޫލަށް ހާޒިރުވި ކަމަށް ރަޖިސްޓާރ މާރކް ކުރި ކަމަށް އެމީހާ ބުންޏެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ހާޒިރުނުވެވޭ ނަމަ އެކަން ޓީޗަރަށް އަންގަން ވެސް ޖެހޭ ކަމަށް އެ މީހާ ބުންޏެވެ.

ބެލެނިވެރިޔާ ބުނީ ސްކޫލު ބަންދުކުރާތީ އެކަމުގެ ޝަކުވާ ކުރި ކަމަށާއި، ނަމަވެސް އެއީ އެޑިޔުކޭޝަން މިނިސްޓްރީގެ އެންގުމުގެ މަތިން ސްކޫލުން ނިންމި ނިންމުމެއް ކަމަށް ސްކޫލުން ބެލެނިވެރިންނަށް އެންގި ކަމަށެވެ. 

"ރައީސް ވަޑައިގަންނަވާތީ ސްކޫލު މިބަންދުކުރަނީ. ކިޔަވާ ނުދީ ހާޒިރީ މާރކުކުރަނީ މަރުހާބާ ކިޔަން ބަނދަރަށް ދިޔާމަ. އެދުވަހުގެ ހާޒިރީ ހޯދަން ބޭނުންވާ ދަރިވަރަކު ވެއްޖެއްޔާ ޖެހޭނީ ބަނދަރަށް ދާންދޯ. މީ ހަމަ ސިޔާސީ ކަންކަންކަމުގައި ސްކޫލު ކުދިންނާއި، ޓީޗަރުން އުޅެން މަޖޫބުރު މިކުރެވެނީ. މިހެން ހެދީމަ ސްކޫލު ކުދިން ފިލާވަޅު މިގެއްލެނީ. އަގުހުރި ވަގުތު ބޭކާރު މިވަނީ،" އެމީހާ ބުންޏެވެ.

ދެދަންފަޅިއަށް ކިޔަވައިދޭ ބާރަށު ސްކޫލުގައި ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެއެވެ. ބާރަށުގެ އިތުރަށް، ރައީސްގެ ދަތުރުފުޅާ ދިމާކޮށް ބައެއް އެހެން ރަށްރަށުގެ ސްކޫލުގެ ކިޔެވުން ވެސް ބަންދުކޮށްފައިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ތިލަދުންމަތީގެ ބައެއް ރަށްރަށަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި ބާރަށަށް ވަޑައިގެންނެވީ މިމަހުގެ 18 ވަނަ ދުވަހެއެވެ. 

މީގެ އިތުރުން ރައީސް ވަޑައިގެން ބާއްވާ ޖަލްސާތަކުގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިކުރުވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި އެ ކުދިންގެ އުމުރާ ނުގުޅޭ ސިޔާސީ ވާހަކަ އާއި ހުތުރު ވާހަކަތައް މި ޖަލްސާތަކުގައި ޖައްސާ މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދިޔަ ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަނާއި އިލެކްޝަން ކޮމިޝަނުން ވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 ޖުލައި 2018 | ހުކުރު 09:31
އިންސާފު
ކޮބާތަ މައްސަލަ އަކީ އެކަމުގަ. އެއީ ޤައުމުގެ ވެރިޔާ. ދަރިވަރުންނަށް ބައްދަލުކުރެވެން ޖެހޭނެ. ދަރިވަރުންނަށް ލިބޭ ފަހުރެއް އެއީ. ދަރިވަރުންގެ މުސްތަޤުބަލް ހަލާކު ނުކުރެޭ