ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 20:44
ޖުމްހޫރީ ޕާޓީ އަދި ވިލާ ގްރޫޕްގެ ބާނީ ގެ ހަގު އަނބިކަނބަލުން އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ
ޖުމްހޫރީ ޕާޓީ އަދި ވިލާ ގްރޫޕްގެ ބާނީ ގެ ހަގު އަނބިކަނބަލުން އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ
މުހައްމަދު ޝަރުހާން
އަައިޝަތު ނަހުލާ
ސިޔާދު ދޫކޮށްލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ރައްޔިތުންނަށް ލިބުނު އުންމީދެއް: އައިޝާ
ސިޔާދު ދޫކޮށްލީ ދައުލަތުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާތީ

ޖުމްހޫރީ ޕާޓީގެ ބާނީ, ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ޝަރުތުތަކަކާ އެކު މިނިވަން ކުރަން ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އަމުރު ކުރުމަކީ ސިޔާދުގެ އާއިލާ އަށާއި އެކަމަނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި ދިވެހި ރައްޔިތުންނަށް ލިބުނު އިތުރު އުންމީދެއް ކަމަށް ޖުމްހޫރީ ޕާޓީ އަދި ވިލާ ގްރޫޕްގެ ބާނީގެ ހަގު އަނބިކަނބަލުން އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. 

ސިޔާދު ގާސިމް ޝަރުތުތަކަކާ އެކު މިނިވަން ކުރަން ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އަމުރު ކުރުމާ ގުޅިގެން ﷲ އަށް ހަމްދުކުރައްވާ އައިޝާ ޓްވިޓާ މެދުވެރިކޮށް އިތުރަށް ވިދާޅުވީ ސިޔާދު ގާސިމް މިނިވަން ވުމަކީ "އަޅުގަނޑުމެންނަަށް ލިބުނު ވަަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ." 

އައިޝާ ޖޫން މަހު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ މައިދާނަށް އެކަމަނާ ނުކުތް ސަބަބަކީ ދޮން ދަރިކަލުން ސިޔާދަށް ލިބެމުންދާ އަނިޔާއާމެދު ކެތް ނުކުރެވިގެން ކަމަށެވެ. ސިޔާސީ މައިދާނުގައި ކުރިއަށް ދިޔުމުގެ ވިސްނުމާއެކު ނުކުމެވަޑައިގެންނެވީ ސިޔާދު ފަދަ ކުށެއް ނެތް އެތައް ރައްޔިތުންނަށް އަނިޔާ ލިބެ، ހިތްދަތިކަމާ ކުރިމަތިލާން ޖެހޭތީ ކަަމަށްވެސް އައިޝާ ވިދާޅުވެފައިވެއެވެ. އައިޝާ ވަނީ ދާދިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެ ޕާޓީގެ ކައުންސިލަށް ވަރަށް ތަނަވަސް އަޣުލަބިއްތަކުން ހޮވިވަޑައިގެންފައެވެ.

ރިޝްވަތު ދީގެން ސަރުކާރު ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއްގެ ދަށުން ޖަލު ބަންދުގައި ހުންނެވި ސިޔާދު ޖަލުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އަމުރުކުރީ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ. 

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލުމަށް ފަހު މާޗު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ސިޔާސީ އެއްވެސް ކަމެއްގައި މީގެ ކުރިން ނޫޅުއްވާ ސިޔާދު ހައްޔަރުކުރީ ބައްޕާފުޅު ޖުމްހޫރީ ޕާޓީގެ ބާނީ, ގާސިމް އިބްރާހީމްގެ ކިިބައިން ބަދަލު ހިއްޕެވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް