ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 20:33
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމް ވާހަކަދައްކަވަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީ މެނިފެސްޓޯ
އެމްޑީޕީގެ މެނިފެސްޓޯއަކީ އަތޮޅުތެރޭގެ ރައްޔިތުންގެ ޝަކުވާއަށް އޮތް ހައްލެއް: ޝަހީމް
އެމްޑީޕީން ހުށަހެޅި މެނިފެސްޓޯއަކީ މިހާތަނަށް ހުށަހެޅިގެން ދިޔަ އެންމެ ރަނގަޅު މެނިފެސްޓޯ
އެތަނެއްގައި އުޅޭ ބައެއްގެ ބައިވެރިވުމާއި ބާރު ނެތި އެރަށެއް އެންމެ އެކަށީގެންވާ ގޮތުގައި ތަރައްގީ ނުކުރެވޭނެ

ޖަޒީރާ ރާއްޖެ ނަމުގައި އެމްޑީޕީން ނެރިފައިވާ މެނިފެސްޓޯއަކީ އަތޮޅުތެރޭގެ ދިރިއުޅޭ ރައްޔިތުންގެ ޝަކުވާއަށް ހައްލު ހޯދައިދޭނެ މެނިފެސްޓޯއެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭޓީވީގެ "މެނިފެސްޓޯ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ހުށަހެޅި މެނިފެސްޓޯއަކީ މިހާތަނަށް ހުށަހެޅިގެން ދިޔަ އެންމެ ރަނގަޅު މެނިފެސްޓޯ ކަމަށާއި، މިމެނިފެސްޓޯ އެކުލަވާލައިފައިވަނީ ސީދާ ރައްޔިތުންނަށް ކަމަށެވެ.

ރަށްރަށުގެ ތަރައްގީގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ އެތަނެއްގައި އުޅޭ ބައެއްގެ ބައިވެރިވުމާއި ބާރު ނެތި އެރަށެއް އެންމެ އެކަށީގެންވާ ގޮތުގައި ތަރައްގީ ނުކުރެވޭނެ ކަމަށެވެ. ޝަހީމް ވިދާޅުވީ ޖަޒީރާ ރާއްޖޭގައި ރަށްރަށުގެ ކައުންސިލްތައް ބާރުވެރިކުރާނެ ކަމަށާއި، ބާރު ލިބިދޭ ގޮތަށް ގާނޫނު ބައްޓަން ކުރާނެ ކަމަށެވެ. އަތޮޅުތެރޭގެ ކޮންމެ ރަށެއް ވެސް ތަރައްގީ ވެގެން ދިއުމަކީ އެރަށެއްގައި ދިރިއުޅޭ ބައެއްގެ ހުވަފެނެއް ކަމަށާއި، ނަމަވެސް އެރަށެއްގެ ބަސް ކިޔަން ތިބޭ ވެރިންގެ ބާރު ނެތަސް ކަންކަން ހައްލު ނުވާނެ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ. 

"މާލޭގައި ތިބޭ ބަޔަކު ރަށުގެ ކަންކަން ނިންމަން ވީމާ އޭގެ ބައިވަރު މައްސަލަތައް އެބަ ދިމާވޭ އެނގޭތޯ. މީގެ ހައްލަކަށް އޮތީ ކައުންސިލްތަކަށް ބާރުދީ ކައުންސިލްތައް ހިންގޭނެ ރަނގަޅު އޮނިގަނޑެއް ގާއިމްކޮށްފަ. އެކައުންސިލްތަކަށް ހަމަ ފުރިހަމަ ބާރު ދޭންވީ އެތަނެއް ތަރައްގީ ކުރަން" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ކައުންސިލްތަކުގައި ވަރަށް ގާބިލް ބޭފުޅުން އެބަތިބި ކަމަށާއި، ނަމަވެސް ކައުންސިލަރުންނަށް އެމީހުންގެ ފުރިހަމަ ޒިންމާ އަދާކޮށް، މަސައްކަތްތައް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ހުދުމުހުތާރު މިވެރިކަމުގެ ސަބަބުން ޕީޕީއެމްގެ ކައުންސިލަރުންގެ މަސައްކަތަށް ވެސް ހުރަސްއެޅިފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ 2008 ވަނަ ގާއިމްވެގެންދިޔަ އެމްޑީޕީގެ ސަރުކާރުގައި ރަށްރަށުގެ ތަރައްގީއަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރި ކަމަށާއި، މިއަދު އެމަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އަދި އޭރު އަތޮޅުތެރޭގެ މަޝްރޫއުތައް ހިންގީ ރައްޔިތުންނަށް އެދޭ ގޮތަށް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް