ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 20:36
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޑް އިބްރާހިމް މުހައްމަދު ސޯލިހު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޑް އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ސިޔާދު އާއި ނުޙައްގުން އަނިޔާ ލިބެމުންދާ އެންމެން މިނިވަންކުރުމަށް އިބޫ ގޮވާލައްވައިފި
ސިޔާދު ދޫކޮށްލީ ދައުލަތުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާތީ
މާލެ ސަރަހައްދުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ސިޔާދުގެ އިތުރުން ނުޙައްގުން އަނިޔާލިބެމުންދާ އެންމެން މިނިވަން ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސަރުކާރަށް ގޮވާލައްވައިފިއެވެ.

އަމިއްލަފުޅު ދަތުރެއްގައި ރާއްޖޭއިން ބޭރުގައި ހުންނެވި އިބޫ ބުރާސްފަތި ދުވަހު މިގޮތަށް ޓްވީޓް ކުރެއްވީ ސިޔާދު ގާސިމް ޝަރުތުތަކަކާ އެކު މިނިވަން ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރުމާއި ގުޅިގެންނެވެ.

އިބޫ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އަނިޔާވެރިކަން ކޮޅުންލައި، ބޭއިންސާފުން ފަސް މަހާ 13 ދުވަހު ޖަލުގައި ސިޔާދު ބަންދުކޮށްފައި ހުރުމަށް ފަހު، މާލެ ބަންދަށް ދޫކޮށްލާފައިވަތީ އުފާކުރައްވާ ކަމަށެވެ. ސިޔާދުގެ އިތުރުން ނުޙައްގުން އަނިޔާލިބެމުންދާ އެންމެން މިހާރުން މިހާރަށް މިނިވަންކުރުމަށް އިބޫ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ސިޔާދު ދޫކޮށްލުމާއި ގުޅިގެން ސިޔާދުގެ ބައްޕާފުޅު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮއް މޮހެން ފެށުނު ދުވަސް ކަމަށެވެ. ޖަލުގެ އަނިޔާވެރިކަމުން ސިޔާދު މިންޖުވުމަކީ ލިބުނު އުފަލެއް ކަމަށާއި، ޙައްގުގެ މަގަށް އެޅުނު ފިޔަވަޅެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ރިޝްވަތު ދީގެން ސަރުކާރު ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއްގެ ދަށުން ޖަލު ބަންދުގައި ހުންނެވި ސިޔާދު ޖަލުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އަމުރުކުރީ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް