ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 20:42
ބާޖަމާލުއްދީންގައި ރީރަޖިސްޓްރޭޝަން ކުރިއަށްދަނީ
ބާޖަމާލުއްދީންގައި ރީރަޖިސްޓްރޭޝަން ކުރިއަށްދަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އީސީން ރީރަޖިސްޓްރޭޝަނަށް ހާއްސަ ހަރަކާތެއް ހުކުރު ދުވަހު ބާއްވަނީ
ހަރަކާތް ކުރިއަށްދަނީ ރަސްފަންނުގައި
ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެ

އިލެކްޝަންސް ކޮމިޝަނުން ރީރަޖިސްޓްރޭޝަނަށް ހާއްސަ ހަރަކާތެއް ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އިލެކްޝަނަސް ކޮމިޝަނުން ބުނީ، 17 ޖުލައި އިން އޮގަސްޓް 11 ވަނަ ދުވަހަށް ރީރަޖިސްޓްރޭޝަން ކުރިއަށްދާއިރު ރީރަޖިސްޓްރޭޝަން ކުރިއަށް ގެންދިއުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަހު ހަވީރު ރަސްފަންނު ސަރަހައްދުގައި ރީރަޖިސްޓްރޭޝަންގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

 ރީރަޖިސްޓްރޭޝަންގެ ހަރަކާތް ކުރިއަށްގެންދާނީ ކުޑަކުދިންގެ ހަވީރަކާއެކުވެ. ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް މިހަރަކާތް ކުރިއަށްދާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މާލޭގެ ގިނަ ސަރަހައްދުތަކުގައި ކުރިއަށް އޮތްތަނުގައި މިފަދަ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ހާމަކޮށްފައެވެ. އެގޮތުން ވެލާނާގޭ ސަރަހައްދާއި، ފެރީޓާމިނަލް ސަރަހައްދާއި މާލޭގައި މީހުން ގިނައިން އެއްވެފައިވާ ސަރަހައްދުތަކުގައިވެސް ރީރަޖިސްޓްރޭޝަން ކުރިއަށްގެންދިއުމަށް ސްޓޭޝަންތައް ގާއިމް ކުރެވޭނެކަމަށް އެކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަށީގެންވާ މިންވަރަށް އެޕްލިކޭޝަން ފޯމު ނުލިބުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދުމަށް އިއުލާނުކޮށްފައެވެ.

އެގޮތުން މިމަހުގެ 25 ވަނަ ދުވަހަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ 1500ރ. ހަމައެކަނި ވޯޓުލާދުވަހު ލިބޭނެއެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1200ރ. ހަމައެކަނި ވޯޓުލާދުވަހު ލިބޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް