ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 18:25
ސިޔާދު ގާސިމް މިއަދު މާލެ ގެންނަނީ
ސިޔާދު ގާސިމް މިއަދު މާލެ ގެންނަނީ
ރާއްޖެ އެމްވީ
ސިޔާދު ގާސިމް
ޝަރުތުތަކަކާ އެކު ސިޔާދު ގާސިމް ދޫކޮށްލަން އަމުރުކޮށްފި
ސިޔާދު ދޫކޮށްލީ ދައުލަތުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާތީ
މާލެ ސަރަހައްދުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް
ކުރަނީ ރިޝްވަތުގެ ދައުވާ

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ޝަރުތުތަކަކާ އެކު މިނިވަން ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ހުރީ ޝަރީއަތް ނިމެންދެންއެވެ.

ރިޝްވަތު ދީގެން ސަރުކާރު ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއްގެ ދަށުން ޖަލު ބަންދުގައި ހުންނެވި ސިޔާދު ޖަލުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އަމުރުކުރީ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ. 

 ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލުމަށް ފަހު މާޗު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ސިޔާސީ އެއްވެސް ކަމެއްގައި މީގެ ކުރިން ނޫޅުއްވާ ސިޔާދު ހައްޔަރުކުރީ ބައްޕާފުޅު ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ ކިިބައިން ބަދަލު ހިއްޕެވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ސިޔާދު ދޫކޮށްލާފައި ވަނީ ސިޔާދުގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ހުށަހަޅަންޖެހޭ ހެކި ހުށަހަޅާފައި ނުވާތީއެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް ކޯޓުން ވަނީ ހެކި ހުށަހެޅުމަށް ދައުލަތަށް އަންގާފައެވެ. ނަމަވެސް އެ ދުވަހު ވެސް ދައުލަތަށް އެ ހެކި ހުށަހެޅިފައެއް ނުވެއެވެ. ބުރާސްފަތި ދުވަހު ބޭއްވި އަޑު އެހުމުގައި ވެސް ދައުލަތުން ވަނީ އިތުރު ވަގުތު ދިނުމަށް އެދިފައެވެ. ދައުލަތުން ސިއްރުކޮށްދިނުމަށް އެދިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ހެއްކަކީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ" އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށް ބުނެ، އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް، ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ބުނާ ހެކިތަކުގެ ޑޮކިއުމެންޓްތަކެކެވެ. 

އެޑޮކިއުމަންޓް ހިމަނާފައި ވަނީ 17 ވަނަ ޑޮކިއުމެންޓްގެ ގޮތުގައި ސިއްރު ލިޔުމެއްގެ ގޮތުގައެވެ. އެ ޑޮކިއުމަންޓްތައް ކޯޓަށް ހުށަހަޅާފައިވާކަމުގެ ސުވާލު އުފެދެން ފެށި ހިސާބަކީ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ސިއްރު ކޮށްފައިވާ އެ ޑޮކިއުމެންޓްގައި ވަނީ ކިތައް ސޮފްހާތޯ ސިޔާދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވުމުން، ދައުލަތުގެ ވަކީލުންނަށް ޖަވާބު ނުދެވުނު ހިސާބުން ނެވެ. އެހެންކަމުން 17 ވަނަ ޑޮކިއުމެންޓްގައިވާ ސޮފްހާގެ އަދަދެއް ދައުލަތުގެ ވަކީލުންނަށް ވިދާޅު ނުވެވުމުން ނޫރުއްސަލާމް ވަނީ ދައުލަތުގެ ވަކީލުންނާ އިތުރަށް ސުވާލުތައް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލުންނަށް ޖަވާބު ދެއްވުމަށް ދަތިވެ، އެންމެފަހުން ދައުލަތުގެ ވަކީލުން ވިދާޅުވީ އެ ހެކި އަދި ދައުލަތަށް ލިބިފައި ނުވާކަމަށާއި ނަމަވެސް އެ ހެކި ހޯދިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެހެންނަމަވެސް އެތުހުމަތާއި ގުޅިގެން 100 އަށްވުރެ ގިނަ ދުވަހު ސިޔާދު ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅެ، ފުލުހުން ތަހުގީގު ހިންގައި، ޕްރޮސެކިއުޓަރ ޖެނަރަލް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިއިރު ވެސް، މައްސަލައިގެ އަސްލު ހެކި ދައުލަތަށް ހޯދިފައިނުވެއެވެ. އަދި ހޯދިފައިނުވާ ހެއްކެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރުމަކީ އަދި ޝަރީއަތް ހިންގުމަކީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުކަމެއް ކަމަށާއި މިދައުވާއަކީ މަދަނީ މިންގަނޑުން ވެސް ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ވިދާޅުވެ، އެ ދައުވާ ބާތިލުކޮށް ދެއްވުމަށް ތަކުރާރުކޮށް ދިފާއީ ވަކީލުން އެދިލައްވަމުން ގެންދެވި އެވެ. 

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވެސް ދައުލަތުގެ ވަކީލުންނާއި ސުވާލު ކުރިމަތި ކުރުވަމުން ގެންދެވި އެވެ. އަދި މެލޭޝިއާއިން ރިޒާވްކޮށްފައިވާ ވިލާތަކަށް ދަައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް ދައްކާފައިވާކަމަށް ބުނާއިރު، މެލޭޝިއާގެ އިތުރުން ރާއްޖެ އިން ވެސް އެއްވެސް ހެއްކެއް ދައުލަތަށް މިހާތަނަށް ލިބިފައި ނުވޭތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ މިހާތަނަށް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެލިޔެކިޔުންތައް އެބަހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. 

ގާޒީ ހައިލަމް އެ ދުވަހު ވިދާޅުވެފައި ވަނީ މެއި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދައުލަތުން ޑޮކިއުމެންޓް 17 ގައި ހިމަނަން ބޭނުންވާ ޑޮކިއުމެންޓްތައް ކްރިމިނަލް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މިދައުވާ އާއިގެން ކުރިއަށް ދިއުމާ މެދު ގޮތެއް ނިންމޭނީ އެ ޑޮކިއުމަންޓްތައް ހުށަހެޅުމުން ކަމަށް ވެސް ގާޒީ ވިދާޅުވެފައި ވެއެވެ.

ނަމަވެސް ކޯޓުން ވަނީ ދައުލަތަށް ހެކި ހުށަހެޅިފައި ނުވާތީ އަދި އެކަމަށް ދުވަސްތަކެއް ނަގާނެ ކަމަށް ދައުލަތުން ވެސް ބުނެފައި ވާތީ ދޫކޮށްލީ ޝަރުތުތަކާ އެކުގައެވެ. އެގޮތުން މާލޭ ސަރަހައްދުން ބޭރަށް ވަޑައިނުގެންނެވޭނެ ކަމަށް ޝަރުޠުކުރިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ޖުލައި 2018 | ބުރާސްފަތި 13:48
ބާރުފެނޭތަ؟
އީޔޫ ގެ ބާރުފެނޭތަ؟