ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 17:25
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޑް އިބްރާހިމް މުހައްމަދު ސޯލިހު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޑް އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީން ގޮތްދޫނުކުރައްވާތީ ހިތާމަކުރަން، އޯގާތެރި ވެރިކަމެއް ކޮށްދޭނަން: އިބޫ
ފިޔަވަޅު އަޅާނީ ވަކިވަކި އިދާރާތަކާއި މީހުންނަށް
އީޔޫ އިން ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ފްރޭމްވޯކް ވަނީ ހާމަކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ގޮތްދޫނުކުރައްވާތީ ހިތާމަކުރައްވާ ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އޯގާތެރި ވެރިކަމެއް ގާއިމްކޮށްދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އީޔޫ އިން ދިވެހި ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް އިޝާރަތް ކުރައްވައި ބުރާސްފަތި ދުވަހު އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫ އިން އަޅާ ފިޔަވަޅަކުން ރައީސް ޔާމީނަން ދައްޗެއް ނެތް ކަމަށާއި ރާއްޖެއަށް އަޅާ ފިޔަވަޅަކުން ދަތިވާނީ ދިވެހި ރައްޔިތުންނަން ކަމަށް އެމަނިކުފާނު ވިދާޅުވެ ގޮތް ދޫނުކުރައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުންނަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކޮށްދޭނީ އޯގާތެރި ވެރިކަމެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ މިހެން ޓްވީޓް ކުރެއްވި އިރު އީޔޫ އިން ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ފްރޭމްވޯކް ވަނީ ހާމަކޮށްފައެވެ.  

މިމަހުގެ 16 ވަނަ ދުވަހު، ރާއްޖެއާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ފާސްކުރުމަށް ނިންމަވާފައި ވަނީ، ސިޔާސީ ފައިދާތަކެއް ހާސިލްކުރުމަށް ބަޔަކު ހައްޔަރު ކުރުމާއި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމާއި އަދި މަޖިލީހުގެ ތެރެއިން ނިންމާ ނިންމުންތައް ނިންމުމަށް މަގުފަހި ކޮށްދިނުމާއި އިންސާނީ ހައްގުތަކާއި ގާނޫނު އަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ގާއިމް ކުރުމަށް ހުރަސްތަކެއް ހުރުން ކަމަށް ބަޔާން ކޮށްފައިވެއެވެ. ފިޔަވަޅު އެޅުމަށް ހަމަޖެހިފައި ވަނީ ގާނޫނުން ލިބިދޭ ބާރުތައް ހަނިކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ސިޔާސީ ހަމަޖެހުން ގެނައުމަށް ހުރަސްއަޅާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް އަރައިގަންނަ ވަކިވަކި މުއައްސަސާތަކާއި މީހުންނަށެވެ. މިކަން މިހެން ހާމަކޮށްފައިވާ އިރު ފިޔަވަޅު އަޅާނެ ވަކިވަކި އިދާރާތަކާއި މީހުންގެ މައުލޫމާތެއް އީޔޫ އިން ހާމަކޮށްފައެއް ނުވެއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ނުވަދެވުމުގައި ޓްރާންސިޓް ނުކުރެވުމާއި އެކައުންޓްތައް ފްރީޒް ކުރުން ހިމެނެއެވެ. އަދި ފަންޑުތައް ހިފެހެއްޓޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. އީޔޫގެ މި ފިޔަވަޅުތަކުގެ އަސަރު ބޮޑު ކުރުމަށްޓަކައި އީޔޫ މެންބަރު ގައުމުތަކުގެ އިތުރުން އީޔޫއިން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް  ރާއްޖެއާ މެދު އީޔޫ އިން ވަކި ވަކި މީހުންނާއި އިދާރާތަކާމެދު އަޅާނެ ފިޔަވަޅު ތައް އެޅުމަށް ބާރުއަޅާނެ ކަމަށް އީޔޫއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް