ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 19:36
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު
ފޭސްބުކް
ޝެއިޚް އިޔާޒް
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިތުބާރު ކުރެވޭ ފަރާތެއް ފިޔަވައި އެހެން ބަޔަކު އެމީހުންގެ ވޯޓުލުމުގެ ހައްގުގެ ބޭނުން ކުރުމަކީ އޮޅުވާލުމަށް މަގު ކޮށުން: ޑރ. އިޔާޒު
އަންނަ ރިޔާސީ އިންތިޚާބުގައި، ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ވަނީ ނިންމާފައި

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އިތުބާރު ކުރެވޭ ފާރާތެއް ފިޔަވައި އެހެން ބަޔަކު ލައްވާ އެމީހުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު ބޭނުން ކުރުވުން މަޖުބޫރު ކުރުވުމަކީ މަކާރާއި އޮޅުވާލުމަށް މަގު ކޮށުންކަމަަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ. 

ޓްވިޓާ މެދުވެރިކުރައްވާ ޑރ. އިޔާޒު ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވެފައިވާ މީހުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ އެންމެ އިސްފަރާތަކީ ވާރިސުން ކަމަށެވެ. 

ޑރ. އިޔާޒު މިހެން ވިދާޅުވިއިރު އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި، ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ލުމަށް އެހީތެރިވާނީ ވޯޓު ލާ މަރުކަޒުގެ އިސްކޮށް ހުންނަ މީހާ ކަނޑައަޅާ އިލެކްޝަންސްގެ އޮފިޝަލެއް ކަމަށެވެ. ކުރިން އޮންނަ އުސޫލަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާހަގަ ޖަހައިދެނީ އޭނާގެ އެހީތެރިއަކަށް ހަމަޖައްސާފައިވާ މީހެކެވެ.

މިކަމާ ގުޅިގެން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ވަރަށް ބޮޑަށް އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔަމުންނެވެ. ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ގުޅިފައިވާ އިދކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ. ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ އިރު، 452 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގައި އީސީގެ މެންބަރުން އެހީވާ ގޮތަށް ނިންމި ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ގެންދަ ވަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް