ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 17:05
ފުލުހުން އިއްޔެ ހިންގާފައިވާ އޮޕަރޭޝަންގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި
ފުލުހުން އިއްޔެ ހިންގާފައިވާ އޮޕަރޭޝަންގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި
ޕޮލިސް
މަަސްތުވާތަކެތި އަތުލައިގަތުން
ދެ ރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެއް

ދެރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ލ. ހިތަދުއާއި ގއ. ވިލިނގިލީގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި 20 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

ލ. ހިތަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖުލައި 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 4 ރަބަރު ޕެކެޓް ފެނިފައިވާތީ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެއިތުރުން ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޖުލައި 18 ވަނަ ދުވަހު ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، ވިލިނގިއްޔަށް އައި ބޯޓެއް ބަލައި ފާސްކޮށްފައިވެއެވެ. މިބޯޓު ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 4 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މިމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް