ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 18:25
މަންދު ކޮލެޖުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަންދު ކޮލެޖުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
މަންދު ކޮލެޖު
ޤައުމީ މަންހަޖަށް އަހުލުވެރިކުރުވުމުގެ ސެމިނަރއެއް މަންދުކޮލެޖުން ބާއްވަނީ
ސެމިނަރ ބާއްވަނީ ކުޅުދުއްފުށީގައި
މިއީ އެންމެ އުތުރުގެ 3 އަތޮޅަށް ބާއްވާ ސެމިނަރއެއް

ޤައުމީ މަންހަޖަށް ޓީޗަރުން އަހުލުވެރިކުރުވުމުގެ ގޮތުން މަންދު ކޮލެޖުން ސެމިނަރއެއް ބޭއްވުމަށް ނިންމައިފިއެވެ.

މަންދުކޮލެޖުގައި ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަންދު ކޮލެޖްގެ ޑެޕިއުޓީ ވައިސް ޗެއަރ އެކަޑަމިކް ހަފީޒާ އަފީފް ވިދާޅުވީ ކުޅުދުއްފުށީ ޑަބްލިއު ސްޕޯޓްސްއާއި ގުޅިގެން ހުކުރު ދުވަހުގެ މެންދުރުފަހު 2 ން ފެށިގެން އިރުއޮއްސި 6 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސެމިނަރއަކީ ހއ، ހދ އަދި ށ އަތޮޅަށް އަމާޒުކޮށްގެން މުޅިން ހިލޭ ބާއްވާ ސެމިނަރއެއް ކަމަށެވެ.

ހަފީޒާ ވިދާޅުވީ ޑރ ނާދިރާ އިސްމާއީލް ކިޔަވައިދެއްވާ މި ސެމިނަރ އަކީ ޤައުމީ މަންހަޖަށް ޓީޗަރުން އަހުލުވެރިކުރުވުމަށް ބާއްވާ ސެމިނަރއެއް ކަމަށާއި މަންދު ކޮލެޖަކީ ވަރޗުއަލް ކެމްޕަސްތަކެއް ޤާއިމްކޮށްގެން ކުރިއަށް ގެންދާ ކޮލެޖަކަށްވުމުން މަންހަޖާ ގުޅޭގޮތުން ވަރަށްގިނަ ޓީޗަރުންގެ ފަރާތުން ފީޑްބެކްތައް ލިބެމުންދާ ކަމަށެވެ.

ހަފީޒާ ވިދާޅުވީ ސެމިނަރ ހިނގަމުންދާއިރު ކޮލެޖްގެ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި ކޮންމެ ކޯހަކަށްވެސް 10 ޕަސެންޓްގެ ޑިސްކައުންޓެއްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރެސް ކޮންފަރެންސްގައި އެކޮލެޖްގެ ރެޖިސްޓްރާ މުނީޒާ އަފީފް ވިދާޅުވީ ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި މަންދުކޮލެޖަށް ފާހަގަ ކުރެވުނު އެއްކަމަކީ ތައުލީމީ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭކަންކަމަށާއި ހުކުރު ދުވަހު ބާއްވާ ސެމިނަރއަކީ އެކަމަށްޓަކައި ބާއްވާ ސެމިނަރއެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް