ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 13:17
ރައީސް ޔާމީން ހދ. ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރައީސް ޔާމީން ހދ. ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ރައީސް ޔާމީން 2018
ރައީސް މައުމޫނަށް ގޭގައި ހުންނެވޭނެ އެތައް ފުރުސަތެއް އެރުވުނު: ރައީސް ޔާމީން
ފުލުހުން ބުނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާކަން އުޅުނު ކަމުގެ ހެކި ލިބިފައިވާ ކަމަށް
ހެކި ފޮރުވިކަމަށް ބުނެ، ރައީސް މައުމޫންގެ މައްޗަށް ހުކުމް ކޮށްފައިވޭ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ތަހުމަތު ކުރެވުނު މައްސަލަތަކާއި ގުޅިގެން އެމަނިކުފާނަށް އެކި ފަހަރުމަތިން ފުރުސަތުތައް އެރުވުނު ކަމަށާއި މިއަދު އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވީ އެފުރުސަތުތަކުގެ ބޭނުން ނުހިއްޕެވުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އުތުރުގެ ބައެއް ރަށްތަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ހަނިމާދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް ކުރެވުނު ތަހުމަތުތަކާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް އެންމެ ފުރަތަމަވެސް އެމަނިކުފާނުގެ ފޯނު ދެއްވި ނަމަ މިއަދު ހުންނަވާނީ ގޭގައި ކަމަށެވެ.

"އެފުރުސަތުގެ ބޭނުން ހިއްޕަވާނެ ކަމަށް އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ އުއްމީދީ ވާހަކަތަކެއް އިވިފައި އެފުރުސަތުގެ ބޭނުން ނުހިއްޕެވި. އެއީކީ ރައީސް މައުމޫން ޖަލަށް ލެއްވުމަކީ ރައީސް ޔާމީން ކުރެއްވި ކަމެއް ނޫން، ތަހުގީގަކަށް މީހެއްގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގަކަށް މީހަކު ގެންދާކަމަށްވަންޏާ އެންމެ ފުރަތަމަ ވެސް، ކުރެވޭ ތުހުމަތަށް ބަލާފައި، އެތުހުމަތަކީ ފޯނުގެ ޒަރީއާ އިން ނުވަތަ އިންޓަނެޓްގެ ޒަރީއާ އިން ހިންގާފައިވާ މުއާމަލާތެއްނަމަ، ފުލުހުން ބޭނުންވާނެ، ފޯނާއި އިންޓަނެޓް ބޭނުންކުރި ވަސީލަތްތައް" ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ ހަމަ އެފަދަ ހާލަތެއް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ވެސް ކުރިމަތިވި ކަމަށެވެ. 

"އެންމެ ފުރަތަމަ ފުލުހުން ދެންނެވި ފޯނު ދެއްވަން، ފޯނު ދެއްވަން އެއްބަސްވެވަޑައި ނުގެންނެވި. ކޯޓުން އެންގީ ފޯނު ދޭށޭ، ފޯނު ދޭން އެއްބަސްނުވި. ދެން ފޯނު ދޭން މަޖުބޫރުވީމައި ފޯނު ދެއްވިއިރު ޕިން ކޯޑު ދެއްވީ ނުބައިކޮށް. ދެން ކޯޓުގައި ފޯނު ހުޅުވައިދެއްވަން ޖެހުނީ. އެކަންކަމަށް އިއުތިރާޒު ކުރެއްވީމައި އަބްދުﷲ ރިޔާޒަށް ވެސް ހުކުމެއް އައީ، އެއީ ރައީސް ޔާމީން ކުރިކަމެއް ނޫން، އެންމެ ފުރަތަމަ ވެސް އެ ފޯނު ދެއްވި ނަމަ އެހުކުމެއް ނާންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ 09 ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އެ ޝަރީއަތްތައް ދަނީ ކުރިއަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެމައްސަލައާ ގުޅޭ ހެކި ވެސް ލިބިފައިވާ ކަމަށެވެ. 

ޓެރެރިޒަމް މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށްދާއިރު، އެމައްސަލައާ ގުޅޭ ހެކި ފޮރުވަން މަސައްކަތް ކުރިކަމަށް ބުނާ ދައުވާތަކުގެ ޝަރީއަތްތައް ނިންމައި އެ ބޭފުޅުންގެ މައްޗަށް ޖަލު ހުކުމް ވަނީ އިއްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
19 ޖުލައި 2018 | ބުރާސްފަތި 08:22
ހައްވަ
ދެނެވެސްޔާމީނު ކުރައްވާނީ ފައިސާއާބެހޭ ކަންތައް. ޖަލެއް ހުންނަ ކަނަް ދެނެވަޑައިވެސް ނުގަނޭ