ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 16:42
ޓްވިޓަރ
ބޮލީވުޑް
ފަންނޭ ޚާންގައި އަނިލް ކަޕޫރުގެ ފޭވަރިޓް ލަވައަކަށް އައްޗޭ ދިން!
މި ލައިގެ ޕޯސްޓަރު އަނިލް ކަޕޫރު ވަނީ ޓްވިޓާގައި ހިއްސާ ކޮށްފައި
އަނިލް ފެނިގެންދަނީ ދެއަތް އުރާލައިގެން ޓެކްސީއެއްގެ ކައިރީ ހުއްޓިލައިގެން ހުއްޓާ

ލީޑް ރޯލުން އަނިލް ކަޕޫރާއި އައިޝްވަރިޔާ ރާއީގެ އިތުރުން ރާޖްކުމާރު ރާއޯ ފެނިގެން ދާ "ފަންނޭ ޚާން" ގައި އަނިލް ކަޕޫރުގެ ފޭވަރިޓް ލަވައަކީ "އައްޗޭ ދިން" ކަމަށް އޭނާ ބުނެފިއެވެ.

އިރްޝާދް ކާމިލް ޑައިރެކްޓްކޮށް އަމިތް ޓްރިވެދީ މިޔުޒިކް ހަދާފައިވާ މި ލައިގެ ޕޯސްޓަރު އަނިލް ކަޕޫރު ވަނީ ޓްވިޓާގައި ހިއްސާ ކޮށްފައެވެ.

މި ޕޯސްޓަރުގައި އަނިލް ފެނިގެންދަނީ ދެއަތް އުރާލައިގެން ޓެކްސީއެއްގެ ކައިރީ ހުއްޓިލއިގެން ހުއްޓައެވެ.

އަނިލް ވަނީ މި ޕޯސްޓަރުގެ ކެޕްޝަންގައި އުފާވެރި ހަމަޖެހޭ ދުވަސްތައް އަންނާނީ ކޮންއިރަކުންތޯ އަމިއްލައަށް ހިތުގައި ސުވާލު އުފެދޭނަމަ ތިއީވެސް "ފަންނޭ ޚާން" އެއް ކަމަށް ބުނެފައެވެ.އަދި އެނާގެ ފޭވަރިޓް ލަވަ ވަރަށް އަވަހަށް ރިލީޒް ވާނެ ކަމަށް ވަނީ ބުނެފައެވެ.

އަންނަ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ދެލަވައެއް މިހާރު ވަނީ ރިލީޒް ކޮށްފައެވެ.އެއީ "ހަލްކާ ހަލްކާ" އަދި "މޮހައްބަތު" އެވެ.

"ފަންނޭ ޚާން" ވެގެންދާނީ 18 އަހަރުގެ މެދުކެނޑުމަކަށް ފަހު އަނިލް އާއި އައިޝްވަރިޔާ އެކުގައި ފެނިގެންދާނެ ފިލްމެވެ.

މި ފިލްމުގައި އަނިލް ފެނިގެންދާނީ ދިރިއުޅުމުގައި އާމްދަނީ ހޯދުމަށް ޓެކްސީ ދުއްވާ އާދައިގެ މީހެއްގެ ރޯލުންނެވެ.

އަދި ލަވަކިޔުންތެރިއަކަށް ވުމުގެ އުއްމީދު ކުރަމުންދާ އަނިލް އޭނާގެ އަންހެން ދަރިފުޅު އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންޖޭސްކަރު ފަދަ ލަވަކިޔުންތެރިއަކަށް ހެދުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ މަންޒަރު މި ފިލްމުން ފެނިގެން ދެއެވެ.

އަތުލް މަންޖްރިކާ ޑައިރެކްޓް ކުރާ މި ފިލްމުން އައިޝްވަރިޔާ ފެނިގެންދަނީ މިއުޒިކް ސެންސޭޝަނެއްގެ ގޮތުގަ އެވެ. އަދި ރާޖް ކުމާރު ރާއޯ ފެނިގެންދަނީ އައިޝްވަރިޔާ ދެކެ ވަރަށް ގަޔާވެގެން އުޅޭ މީހެއްގެ ގޮތުގައެވެ.

އަނިލް ކަޕޫރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ރޭސް 3" އިންނެވެ. "ފަންނޭ ޚާން" އަށްފަހު ދެން އަނިލް ފެނިގެންދާނީ އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރުވެސް ފެނިގެންދާ "އޭކް ލަޅްކީ ކޮ ދޭކާތޮ އެއިސާ ލަގާ" މި ފިލްމުންނެވެ. އައިޝްވަރިޔާ އެންމެ ފަހުނެ ފެނިގެން ގޮސްފައިވަނީ އެއި ދިލް ހޭ މުޝްކިލް" އިންނެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް