ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 17:00
ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވަނީ
ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވަނީ
ގޫގުލް
ރައީސް ޔާމީން
ގާސިމަކީ ކޯޓުތަކަށް ނުފޫޒު ފޯރުވާ ބޭފުޅެއް: ރައީސް ޔާމީން
ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ގާސިމް ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެއްވި
ގާސިމަކީ ކޯޓުތަކަށް ފަރިތަ ބޭފުޅެއް ކަމަށް ވިދާޅުވި

ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަކީ ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވާ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ހއ އާއި ހދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ހަނިމާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާސިމް އިބްރާހީމަކީ ރާއްޖޭގެ ކޯޓުތަކަށް ވަރަށް ފަރިތަ ބޭފުޅެއް ކަމަށެވެ. އަދި ކޯޓުތަކުން ކަންކަން ނިންމަން ވެސް ޤާސިމް ވަރަށް ފަރިތަވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި އެހުކުމާއި ގުޅިގެން ގާސިމް ދެއްކެވި ވާހަކަ ރައީސް ޔާމީން ވަނީ މިސާލެއްގެ ގޮތުގައި ނަންގަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ވާދަކުރުމުގެ ފުރުސަތު ހަނިވާގޮތަށް އެމަނިކުފާނު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި މިހާރު ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނަކީ ޝަރުއީ ހުކުމްތަކެއް ތަންފީޒު ކުރައްވާ ފާރަތްތަކެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ 65 އަހަރުން މަތީގެ ފަރާތްތަކަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުގައި ގާސިމް ވެސް ބައިވެރިވެވަޑައިގެން ވޯޓު ދެއްވި ކަމަށެވެ.

ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ގާސިމް ވެސް ގަބޫލު ކުރައްވާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީން ދެއްކެވީ އެހުކުމް އިސްތިއުނާފު ނުކޮށް، ރާއްޖެއިން ބޭރުގައި ގާސިމް ހުންނެވުމެވެ.

ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކި ރަށްތަކަށް ވަޑައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކަށާއި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުން ނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
19 ޖުލައި 2018 | ބުރާސްފަތި 08:09
ދޯރި
ޝެއިހު އިމްރާނުގެ މަށްޗަށް ޖިނާއީ ދައުވާ ކުރާނެ ކަމަށް ފުރަތަމަވެސް އިއުލާން ކުރީ ކާކުތޯއެވ ހަމަގައިމުވެސް އޭރު އިމްރާނު ހުންނެވީ މިނިވަނެއްގެ ގޮތުގައެވެ. ދެން ވެގެން ދިޔަގޮތުން ވަރަށް ސާފު ނުފޫޒު ފޯރުވާ ކޯޓްތަކަށް ފަރިތައީ ކާކުކަން.
19 ޖުލައި 2018 | ބުރާސްފަތި 08:06
ތޮޅި
ގުދޯ ގުދޯ ގޮވަނީ ހެއްޔެވެ. މެމްބަރުކަން ގެއްލުމާ ގުޅޭ އަމުރެއް ނެރުނީ ކިހިނެތް ހަދައިގެންތޯއެވެ. 12 މެމްބަރެއްގެ އަޑު ކަނޑުވާލައިގެން އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދާއިރުވެސް ގޮތެއް ނުނިމިގެން އުޅޭ ކާކުގެ ނުފޫޒަކުންތޯއެވެ