ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 09:34
ވޯޓު ކަރުދާސްތައް ގުނުން
ވޯޓު ކަރުދާސްތައް ގުނުން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރާއްޖެއިން ބޭރުގައި ރީ ރަޖިސްޓްރީ ކުރުން ކުރިއަށްދާނެ ތަންތަން އިއުލާނުކޮށްފި
ހަތަރު ގައުމެއްގައި ވޯޓުލުން ކުރިއަށްދޭ
ސްރީލަންކާގައި ދެ ވޯޓު ފޮށި ބަހައްޓާ
ރީ-ރަޖިސްޓްރީ ކުރުން 11 އޮގަސްޓުގެ ނިޔަލަށް ކުރިއަށްދާނެ

ރާއްޖެއިން ބޭރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފިއެވެ.

 އިލެކްޝަންސް ކޮމިޝަނުން ރީރަޖިސްޓްރީ ވުމަށް ހުޅުވާލާފައި ވަނީ 17  ޖުލައި އިން 11 އޮގަސްޓަށެވެ.

ބޭރުގެ ހަތަރު ގައުމަކަށް ވޯޓުލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އިންޑިއާގައި ރީރަޖިސްޓްރީ ކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައި ވަނީ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނެވެ. އެގޮތުން ހެނދުނު 10:00 އިން ހަވީރު 03:00 އަށް ރީ ރަޖިސްޓްރީ ކުރުން ކުރިއަށް ދާނެ ކަމުގައެވެ. އަދި ސްރީލަންކާގައި ކުރިއަށް ދާނީ ހެނދުނު 9:30 އިން ހަވީރު 03:30 އަށް ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައެވެ.

މީގެ އިތުރުން މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ ހެނދުނު 09:30 އިން ހަވީރު 03:00 އަށެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ހެނދުނު 10:00 އިން ހަވީރު 04:30 އަށް ރީރަޖިސްޓްރޭޝަން ކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

 ރީރަޖިސްޓްރީކުރުމުގެ ފޯމާއެކު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހެ އެވެ.

ރިރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލާފައިވާއިރު މޮނިޓަރުންނާއި އޮބްޒާވަރުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައި ވަނީ ޖުލައި 23 އިން ފެށިގެންނެވެ. މީގެ އިތުރުން ކެންޑިޑޭޓުން ކުރިމަތި ލުމަށް ވެސް އެދުވަހު ފުރުސަތު ހުޅުވާލާނެއެވެ. އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުން އިއުލާނު ކުރުމާއި ކެމްޕެއިނަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައި ވަނީ 18 އޮގަސްޓުގައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ފައިނަލް ވޯޓާސް ލިސްޓު އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް