ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 06:56
އިލެކްޝަން ކޮމިޝަންގެ އިދާރާ
އިލެކްޝަން ކޮމިޝަންގެ އިދާރާ
ގޫގުލް
އިލެކްޝަން ކޮމިޝަން
100 ދިވެހި މުއައްޒަފުން މަސައްކަތް ކުރާ ރިސޯޓް ތަކުގައު ވޯޓްފޮށި ބަހައްޓާނެ: އިލެކްޝަން ކޮމިޝަން
ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން އެއްބަސްވާ ރިސޯޓު ތަކުގައި ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލަން ވެސް ވަނީ ނިންމާފައި
މިނިންމުން ނިންމާފައި މިވަނީ ހަތް ރިސޯޓެއްގައި ވޯޓްފޮށި ބެހެއްޓުމަށް އެކޮމިޝަނުން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް

ރިސޯޓްއެއްގައި މަސައްކަތްކުރާ 100 ދިވެހި މުއައްޒަފުން އުޅޭނަމަ އެ ރިސޯޓްއެއްގައި  ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 100 ދިވެހި މުއައްޒަފުން މަސައްކަތްކުރާ ރިސޯޓުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން އެއްބަސްވާ ރިސޯޓު ތަކުގައި ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓެއްގައި ވޯޓްފޮށި ބެހެއްޓުމަށް އެކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

މީގެ ކުރިން ރިސޯޓުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހަތް ފޮއްޓެކެވެ. މިގޮތުން އޭރު ބެލި މިންގަޑަކީ ރިސޯޓުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހި ވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގައި މަދުވެގެން 250 މީހުން ރަޖިސްޓަރީވެފައިވާ ރިސޯޓްތަކުގައި ކަމުގައެވެ. އެ އަދަދަށް މީހުން ހަމަނުވާ ކަމުގައިވާނަމަ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި އެކި ސަރަހައްދު ތަކުގައި މިހާރު ބެހެއްޓުމަށް ކަނޑައަޅާފައިވަނީ 452 ވޯޓް ފޮއްޓެވެ. މާލޭގެ ރަށްވެހިން ވޯޓްލުމަށް ޖުމްލަ 56 ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަކޮށް 72 ފޮށި ބަހައްޓާނެ އެވެ. އައްޑޫ ސިޓީގައި 31 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި ހަ ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާއިރު ޖަލުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހަތަރު ވޯޓު ފޮއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް