ކ. މާލެ
|
18 ޖުލައި 2018 | ބުދަ 23:29
އިބްރާހިމް މުހައްމަދު ސޯލިހާއި، ފާރިސް މައުމޫން ނޫސްވެރިންގެ ބައްދަލުވުމެއްގައި
އިބްރާހިމް މުހައްމަދު ސޯލިހާއި، ފާރިސް މައުމޫން ނޫސްވެރިންގެ ބައްދަލުވުމެއްގައި
މުހައްމަދު ޝަރުހާން
އަހުމަދު ފާރިސް މައުމޫން
ފާރިސް ޖަލު ބަންދުގައި ހުންނެވުމަކީ ހެޔޮވެރިކަމާއި ނުބައްދަލުކަމެއް: އިބޫ
ފާރިސް މައުމޫން ވަގުތުން މިނިވަންކުރުމަށް އިބޫ ވަނީ ގޮވާލައްވާފައި
މިދިޔަ އަހަރުގެ ޖުލައި މަހު ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެން ޤާނޫނީ ސަރުކާރުން ވައްޓާލަން އުޅުއްވިކަމުގެ ތުހުމަތުގައި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި ހުންނެވުމަކީ ހެޔޮވެރިކަމުގެ އުއްމީދާއި ނުބައްދަލުކަމެއް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. 

ފާރިސް މައުމޫން ޖަލު ބަންދުގައި ހުންނަވާތާ އަހަރު ދުވަސްވުމާއި ގުޅިގެން އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީީ ފާރިސް މައުމޫން ޖަލު ބަންދުގައި ހުންނެވީ ބޭއިންސާފުން ކަމަށެވެ. އަދި އެއީ ދިވެހިން ހޯދި ޑިމޮކްރެޓިކް ނިޒާމާއި، އެކުވެ ލިބުނު ހެޔޮ ވެރިކަމުގެ އުއްމީދާއި ނުބައްދަލުކަމެއް ކަމަށް އިބޫ ވިދާޅުވި އެވެ. 

އޭނާ ވަނީ ފާރިސް މައުމޫން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހު ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެން ޤާނޫނީ ސަރުކާރުން ވައްޓާލަން އުޅުއްވިކަމުގެ ތުހުމަތުގައެވެ. އެމައްސަލައިގައި އެމަނިކުފާނު ބަންދުގައި ހުންނަވާތާ އަހަރު ދުވަސްވީއިރު، މައްސަލައިގައި ދައުލަތުން އެންމެ ވަރުގަދަ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މެމްބަރެވެ. އެހެންނަމަވެސް މާތް ﷲ ގަންދީ ހުވައިކޮށް އެމެމްބަރު ކޯޓުގައި ހެކިބަސް ދެއްވަމުން ވިދާޅުވީ ފާރިސް ރިޝްވަތު ދެއްވާފައިނުވާ ކަމަށެވެ. އެހިސާބުން އެމައްސަލައިގެ އަޑު އެހުންތައް ހުއްޓާލި ގޮތަށް އެމައްސަލަ ކުރިއަކަށް ނުދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް