ކ. މާލެ
|
18 ޖުލައި 2018 | ބުދަ 21:11
ފުވައްމުލަކުގެ ބައެއް ރައްޔިތުންނާއި ފައިސަލް ބައްދަލުކުރައްވަނީ
ފުވައްމުލަކުގެ ބައެއް ރައްޔިތުންނާއި ފައިސަލް ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ފުވައްމުލަކުގެ ކެމްޕެއިން ޓީމާއި ފައިސަލް ބައްދަލުކުރައްވައިފި
ފައިސަލްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުން މި ބައްލުވުމުގައި ބައިވެރިވަޑައިގެންނެވި
މާލޭގައި ދިރިއުޅުންވާ ފުވައްމުލަކު ދެކުނު ދާއިރާގެ ބައެއް ރައްޔިތުން ވަނީ ބައިވެރިވެފަ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމް މާލޭގައި ދިރިއުޅޭ ފުވައްމުލަކުގެ ބައެއް މީހުންނާއި ބައްދަލުކުރައްވައިފިއެވެ.

ބުދަ ދުވަހު ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ފައިސަލްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ. ފައިސަލްގެ ޓީމުން ބައްދަލުކުރައްވާފައި ވަނީ މާލޭގައި ދިރިއުޅުއްވާ ފުވައްމުލަކު ދެކުނު ދާއިރާގެ ބައެއް ރައްޔިތުންނާއެވެ.

މި ބައްދަލުވުމުގައި ފުވައްމުލަކުގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ ފުވައްމުލަކުގެ ރައްޔިތުންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓަކަށް ޖުމްހޫރީ ޕާޓީން ފައިސަލް ކަނޑައެޅުމުން، އެމަނިކުފާނު އެންމެ ފުރަތަމަ ކެމްޕެއިނަން ވަޑައިގެންނެވީ އުފަން ރަށް ކަމަށްވާ ފުވައްމުލަކަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް