ކ. މާލެ
|
18 ޖުލައި 2018 | ބުދަ 21:35
ކުރީގެ ރައީސް ނަޝީދު
ކުރީގެ ރައީސް ނަޝީދު
ގޫގުލް
ރައީސް ނަޝީދު
ގާނޫނާ ހިލާފަށް ސިޔާސީ ލީޑަރުން ބަންދުގައި ބޭތިއްބުމަކީ އިންސާފުވެރި ރިޔާސީ އިންތިޅާބަކާ ގުޅޭ މަޝްވަރާތަކަށް އޮތް ހުރަހެއް: ރައީސް ނަޝީދު
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންގެ މައްޗަށް ވަނީ ޝަރީއަތްތަކެއް ކުރެވި ހުކުމްތަކެއް އިއްވާފައި

ގާނޫނާ ހިލާފަށް ސިޔާސީ ލީޑަރުން ބަންދުގައި ބޭތިއްބުމަކީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު މިނިވަން އަދި އިންސާފުވެރިކޮށް ބޭއްވުމަށްޓަކައި ބާއްވަން ޖެހޭ މަޝްވަރާތަކަށް އޮތް ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު ބުދަ ދުވަހު ޓްވީޓާ މެދުވެރިކޮށް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޚުދުމުޚުތާރު ސަރުކާރުން "ނުހައްގުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފާރިސް މައުމޫން ހައްޔަރު ކޮށްފައިވާތާ މިއަދަށް (ބުދަ ދުވަހު) އެއް އަހަރުވީ ކަމަށެވެ." ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ދަނީ ޝަރީޢަތް ކުރެވެމުންނެވެ. އަދި ޝަޚްޞު އޮޅުވައިލުމުގެ ދައުވާއެއް ސާބިތުކޮށް، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ފާރިސްގެ މައްޗަށް ޖޫން މަހު ވަނީ އިއްވައިފަ އެވެ. އެ ހުކުމާ އެކު މެމްބަރު ކަމުގެ ގޮނޑި ނުގެއްލުނަސް، ހުކުމުގެ މުއްދަތުގެ ފާރިސަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންގެ މައްޗަށް ޝަރީއަތްތައް ކުރެވިފައިވާއިރު ނުވަތަ ހިންގަމުންދާއިރު، އެ ޝަރީއަތްތަކަކީ ނުވަތަ އިއްވާފައިވާ ހުކުމްތަަކަކީ ނުހައްގުން އިއްވާފައިވާ ހުކުމްތަކެއް ކަމަށް ނުވަތަ ކުރެވެވެމުންދާ ޝަރީއަތްތަކެއް ކަމަށް ބައިނަލްއަގްވާމީ މުޖުތަމައު އާއި އަދި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް