ކ. މާލެ
|
18 ޖުލައި 2018 | ބުދަ 18:04
މުހައްމަދު މަލީހު ޖަމާލު
މުހައްމަދު މަލީހު ޖަމާލު
ޓްވިޓަރ
މުހައްމަދު މަލީހު ޖަމާލު
ދިވެހި ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް އެންމެ ރިސޯޓެއް ވެސް މި ސަރުކާރުން ހުޅުވާފައެއް ނުވޭ: މަލީހު
50 ރިސޯޓް ހުޅުވަން ނިންމި އެކަމެއް ނުވި: މަލީހު
ރިސޯޓް ހިއްސާ މުވައްޒަފުންނަށް ދިނުމަށްވި ވައުދު ފެއިލް: މަލީހު
އިންޓަރގްރޭޓަޑް ޓޫރިޒަމް ތަރައްގީ ކުރަން ވައުދުވި، އެކަމަކު އެކަމެއްވެސް ނުވި: މަލީހު

ބިޑަށް ހުޅުވާލައިގެން، ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ހުޅުވި އެންމެ ރިސޯޓެއް ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުވާފައި ނުވާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގައި ވެސް ކުރިން ހިމެނިވަޑާއިގެންނެވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ބޮޑު ސުވާލު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ޕީޕީއެމްގެ ޓޫރިޒަމް މެނިފެސްޓޯ ލިޔުއްވީ އޭނާ ކަމަށާއި އެހެންވީމާ އޭގައިވާ އެއްޗެއް ވަރަށް ރަނގަޅަށް އެނގޭ ކަަމަށެވެ.

މަލީހު ވިދާޅުވީ ޕީޕީއެމް ޓޫރިޒަމް މެނިފެސްޓޯގެ އެންމެ މުހިއްމު އަސާސަކީ ދެފުއް ފެއްނަގޮތަށް ހުޅުވިފައިވާ ބިޑިންގ އުސޫލުން ރާއްޖޭގެ ރަށްތައް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދޫކުރުން ކަމަށެވެ. 

"ވަރަށް ހިތާމައާއެކު ފާހަގަކުރަން މިސަރުކާރުގެ 5 އަހަރުގެ މި ދައުރު ނިމިގެންދާއިރު އެންމެ ރިސޯޓެއް ވެސް ހުޅުވާލެވިފައިވާ ބިޑިންގ އުސޫލުން، ދައުލަތަށް ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކުއްޔަށް ދެވިފައެއް ނުވޭ. މިސަރުކާރު ވެގެންމިދިއައީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ކޮރަޕްޝަން، ވަކިން ހާއްސަކޮށް އެމްއެމްޕީއާރުސީގެ ތެރެއިން، ދައުލަތަށް ވަންނަން ހުރި ހުރިހާ ފައިސާ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ނުވަދެ ރައްޔިތުންނަށް އެތައް ބޮޑު ގެއްލުންތަކެއް ދީފައިވާކަން، ދިވެހި ރައްޔިތުންނަށް ވެސް އިނގޭނެ،"

މަލީހު ވިދާޅުވީ އެ މެނިފެސްޓޯގައި ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު 50 ރިސޯޓު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ވައުދު ނުފުއްދުނު ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މީގެއިތުރުން މަލީހު ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ހިއްސާ ދިނުމުގެ ވައުދު ވެސް މިސަރުކާރުގެ ފަސް އަހަރު ނިމޭއިރުވެސް ނުފުއްދުނު ކަމަށާއި ސަފާރީތަކާއި ޔޮޓުތަކުގެ ފަރުތުވެރިންނަށް ހާއްސަކޮށްގެން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަޅުރަށެއް ހާއްސަކުރުމަށް ނިންމިއިރު، އެ ވައުދުވެސް ނުފުއްދުނު ކަމަށެވެ. 

ސަފާރީތަށް އަޅާނެ ބަނދަރެއް ނުވަތަ މެރީނާއެއް ހެދުމަށް ވެސް މެނިފެސްޓޯގައި ވާނެ ކަމަށާއި ނަމަވެސް އެވަދު ވެސް ފުއްދިފައި ނުވާކަމަށް މަލީހު ވިދާޅުވި އެވެ.

އިންޓަގްރޭޓަޑް ޓޫރިޒަމްގެ ދަށުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހޯޓާތަކާއި ގެސްޓް ހައުސްތައް ތަރައްގީ ކުރުމަށް ވައުދުވި އިރު އެވައުދުވެސް މިއަދާ ހަމައަށް ފުއްދިފައި ނުވާކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ލ. އަތޮޅު ބަރެސްދޫގައި އިންޓަގްރޭޓަޑް ޓޫރިޒަމްގެ ދަށުން ހޮޓާތަކާއި ގެސްޓް ހައުސްތައް ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކަރުން ކުރިނަމަވެސް އެވެސް އެންމެފަހުންވީ ބިލާހަކަށް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް