ކ. މާލެ
|
18 ޖުލައި 2018 | ބުދަ 17:11
ޖަޒީރާ ރާއްޖޭގެ ކެމްޕެއިން ޓީމް ލ. އަތޮޅުގައި ހަރަކާތެރި ވަނީ
ޖަޒީރާ ރާއްޖޭގެ ކެމްޕެއިން ޓީމް ލ. އަތޮޅުގައި ހަރަކާތެރި ވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ޖަޒީރާ ރާއްޖޭގެ ކެމްޕެއިން ޓީމު ލ. އަތޮޅުގައި
ލ. އަތޮޅުގެ ކޯޑިނޭޓަރަކީ ޑރ، މުސްތަފާ ލުތުފީ
މުސްތަފާ ލުތުފީ ގެންދަވަނީ އެ އަތޮޅުގެ ކެމްޕެއިން ޓީމްތަކާއި ޕެޗު އެޖެންޓުންނާއި ބައްދަލުކުރައްވަމުން

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ހަރަކާތްތަކުގެ ތެރެއިން އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" ކެމްޕެއިން ޓީމް ލ. އަތޮޅުގައި ކެމްޕެއިނުގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

ޖަޒީރާ ރާއްޖޭގެ ކެމްޕެއިންގެ ލ. އަތޮޅުގެ ކޯޑިނޭޓަރ ޑރ. މުސްތަފާ ލުތުފީގެ ޓީމް އެ އަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިނުގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުން ކެމްޕޭންގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފެއްޓެވީ ހޯމަ ދުވަހުގައެވެ. މުސްތަފާ ލުތުފީގެ ޓީމުން ލ. އަތޮޅުގައި ދޮރުން ދޮރަން ކެމްޕެއިން ހިންގެވުމުގެ އިތުރުން ރަށްތަކުގައި ކެމްޕެއިން ޓީމުތަކާއި ޕެޗު އެޖެންޓުން ދަނީ ބައްދަލުކުރައްވަމުންނެވެ.

ޖަޒީރާ ރާއްޖޭގެ ކެމްޕެއިން ޓީމް ލ. އަތޮޅުގައި ހަރަކާތެރިވަނީ

ޑރ. މުސްތަފާ ލުތުފީގެ ޓީމުން ލ. އަތޮޅުގެ ގަމާއި، އެ އަތޮޅު މުންޑޫ އާއި، ދަނބިދޫ އާއި، މާއިބައިދޫ އާއި މާވަށާއި، މާމެންދު އާއި، ފޮނަދޫ އާއި، އިސްދޫ، ކަލައިދޫއަށް ވަޑައިގެން ކެމްޕެއިން ޓީމްތަކާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ލ. އަތޮޅުގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކުރުމަށް ވެސް ދަނީ ރަށު ފެންވަރުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރުން ދަނީ ގިނަ ކަންތައްތަކެއް ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް