ކ. މާލެ
|
18 ޖުލައި 2018 | ބުދަ 14:17
މަހްލޫފް: އިމްރާން ހުންނެވީ ސާބިތުކަމާ އެކުގައި
މަހްލޫފް: އިމްރާން ހުންނެވީ ސާބިތުކަމާ އެކުގައި
މުހައްމަދު ޝަރުހާން
އަހްމަދު މަހްލޫފް
އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
އިމްރާން ހުންނެވީ ޑީލެއް ހަދައިގެން މިނިވަން ވުމަށް ވުރެ ޖަލުގައި އޮންނަވަން ވެސް ތައްޔާރަށް
ކޮންމެ ވަގުތަކު ވެސް ޖަލަށް ގެންގޮސްދާނެ ކަމަށް އިމްރާން ވިދާޅުވި
ރައްޔިތުން މާޔޫސްވާނެ ކަމެއް ނުކުރެއްވުމަށް އިމްރާން އެދިވަޑައިގެންނެވި

ޓެރަރިޒަމްގެ ކުށުގެ ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންއާ ޑީލެއް ހެދުމަށް ސަރުކާރުން މަންދޫބަކު ފޮނުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ފޮނުވި މަންދޫބަށް ޝައިޚް އިމްރާން ދެއްވި ޖަވާބު ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ޓްވީޓެއް ކުރައްވާފައެވެ. ޝައިހް އިމްރާން ވިދާޅުވި ކަމަށް އެ ޓްވީޓްގައި ވަނީ "ރައީސް ޔާމީނާ ޑީލެއް ހަދައިގެން މިނިވަންވުމަށް ވުރެ ޖަލުގައި އޮތުން ވެސް މާރަނގަޅު" ކަމަށެވެ.

ޖަލު މަރާމާތުކުރުމަށް ކަމަށް ބުނެ މި ވަގުތު ގޭބަންދުގައި ހުންނެވި އިމްރާން ކޮންމެ ވަގުތަކު ވެސް ޖަލަށް ގެންގޮސްދާނެތީ ޕާޓީތަކުގެ ލީޑަރުންގެ ކިބައިން ރައްޔިތުން މާޔޫސްވާނެ ކަމެއް ނުކުރެއްވުމަށް އިމްރާން އެދިވަޑައިގަންނަވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް މިގޮތައް ތުހުމަތު ކުރައްވާފައިވާއިރު ބައްޕާފުޅު ކުރައްވާ މަސައްކަތަކީ ޤައުމު ދެކެވާ ލޯބިން ޤައުމަށް ކުރައްވާ މަސައްކަތްތަކެއް ކަމަށާއި އެކަންކަން ނުކުރެއްވޭ ގޮތަށް މިނިވަންވާން ބޭނުން ނުވާ ކަމަށް އިމްރާންގެ ދެ ދަރިކަނބަލުން ވަނީ ވިދާޅުވެފައެވެ.

އިމްރާންގެ ދޮށީ ދެ ދަރިކަނބަލުން ކަމުގައިވާ އުމުރުން 14 އަހަރުގެ ނުސައިބާ ބިންތު އިމްރާނާއި އުމުރުން 13 އަހަރުގެ ނައުޝާން ބިންތި އިމްރާންގެ އެމެސެޖު އާއްމު ކުރައްވާފައި ވަނީ އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް ފޭސްބުކް މެދުވެރި ކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް