ކ. މާލެ
|
18 ޖުލައި 2018 | ބުދަ 14:07
ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު (ކ)
ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު (ކ)
ޓްވިޓަރ
ފ. އަތޮޅު ވިއްކާލުން
ފ. އަތޮޅު މަޝްރޫއުއަކީ 'ބޮޑު ރަންގަނޑެއް' ފަދަ މަޝްރޫއުއެއް: މުބީނު
ސްޕްޝަލް އިކޮނޮމިކު ޒޯނުގެ ގާނޫނުން ދައުލަތުގެ ބަޖެޓަށް މާބޮޑު ފައިދާއެއްވި ކަމަށް ފެންނާކަށް ނެތް

ފ. އަތޮޅު މަޝްރޫއަކީ "ބޮޑު ރަންގަނޑެއް" ފަދަ ޕްރޮޖެކްޓެއް ކަމަށާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެންމެ ފައިދާހުރި ގިނަ ޕްރޮޖެކްޓްތައް ހިންގެވީ ވެސް ރައީސް އަބްދުﷲ ޔާމީން ކަމަށް ފ. އަތޮޅަށް ނިސްބަތްވާ ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ބޮޑު ސުވާލު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުބީނު ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެންނަވައިގެން ރާއްޖެއިން ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިކޮށް، ރާއްޖެއަށް މިހާތަނަށް ނާންނަވަރަށް އިންވެސްޓަރުން އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެނބޫދޫ ފިނޮޅުގެ މަޝްރޫއު މުބީނު ފާހަގަ ކުރެއްވިއެވެ.

"ފ. އަތޮޅު މަޝްރޫއަކީ މުޅި ދިވެހިރާއްޖޭގެ މަލަމަތި ބަދަލުކޮށްލާވަރުގެ މަޝްރޫއެއް. އެ މަޝްރޫއު އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުކުރެވުނީ. ހާއްސަކޮށް ކުރީގެ ރައީސް ނަޝީދު ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ އެކަމާ ގުޅިގެން މުޅި ރާއްޖޭގައި މުޒާހަރާތައް ކުރުން. ރާއްޖެއަށް ލިބެން އޮތް ބޮޑު ރަންގަނޑެއް ކަހަލަ ބޮޑު މަޝްއޫރުއެއް ހުއްޓުވާލީ،" މުބީނު ވިދާޅުވިއެވެ.

މުބީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް އިންޑަސްޓްރީއަށް ގެނެސްފައިވާ ތަރައްގީއަކީ ރާއްޖޭގެ ތާރީހު ނުދެކޭ ފަދަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ފ. އަތޮޅު މަޝްރޫއަކީ "ބޮޑު ރަންގަނޑެއް" ކަމަށް މުބީނު ވިދާޅުވި ނަމަވެސް އެމަޝްރޫއަކީ ދިވެހި ގިނަ ބަޔަކު ރުހޭ ގޮތަށް ހިންގަން ނިންމާފައިވާ މަޝްރޫއެއް ނޫނެވެ. އަދި އެ މަޝްރޫއުއާ ބެހޭ މާބޮޑު ތަފްސީލެއް ސަރުކަރުން ހާމަކޮށްފައެއް ނުވެއެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް 2015 ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހުކުރީ، ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އަލް ސައުދު ފ. އަތޮޅުގެ ބައެއް ރަށްތަކާއި ފަޅުތައް ޝާހީ އާއިލާގެ ވާރުތަ މުދަލެއްގެ ގޮތުގައި މިލްކުކުރައްވަން ބޭނުންފުޅުވާތީ ކަމަށް، ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވާ އޯޑިއޯއެއް މިދިއަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ވަނީ ލީކުވެފައެވެ. ނިހާނު ވިދާޅުވެފައި ވަނީ އެ ޖޯގްރަފިކް ލޮކޭޝަން ފެނިވަޑައިގަތުމުން ވަލީއަޚުދު ނިންމެވީ އެ ސަރަހައްދު ތަރައްގީ ކުރުމަށް ކަމަށެވެ. ނަމަވެސް، 99 އަހަރަށް އެތަން ބޭނުންފުޅުނުވާ ކަމަށާއި ވަލީއަޚުދު ބޭނުންފުޅުވަނީ ވާރުތަވާ މުދަލެއްގެ ގޮތުގައި އެތަން ބޭއްވުމަށް ކަމަށް ވެސް އެ އޯޑިއޯގައި ނިހާނު ވިދާޅުވެފައިވެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން ބޮޑެތި މަޝްރޫއުތައް ރާއްޖެ އަންނާނެ ކަމަށް 2015 ވަނަ އަހަރު ސަރުކާރުން ބުނި ނަމަވެސް އެކަން ބަޖެޓަށް ލިބޭ އާމްދަނީ ފެންނާކަށް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް