ކ. މާލެ
|
18 ޖުލައި 2018 | ބުދަ 13:44
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޝިޔާޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޝިޔާޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ޕާކިން ޖޫރިމަނާ މައާފުކުރުން
ވޯޓާ ދިމާކޮށް 7.8 މިލިއަން ރުފިޔާގެ ޕާކިން ޖޫރިމަނާ މައާފުކުރުމަށް ސަރުކާރުން ނިންމައިފި
މައާފްކުރަން ނިންމީ 2015 އާއި 2016 ގެ ޖޫރިމަނާ
ޖޫރިމަނާ މާފުކުރީ މިހާރު މާލޭގެ އެކި ސަރަހައްދުގައި މަގުހަދާތީ ޓްރެފިކް މައްސަލަތަކަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން

އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮށް ޕާކިން ޖޫރިމަނާ މައާފުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ޕާކިން ޖޫރިމަނާ މާފުކުރުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޝިޔާޒު ވިދާޅުވީ މާފުކުރަން ރައީސް ޔާމީން ނިންމާފައި ވަނީ 2015 އިން ފެށިގެން 2016ގެ ޖޫރިމަނާތައް ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ވެސް ވަނީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އޭގެ ކުރިއަށް ކުރި ޖޫރިމަނާ ފައިސާ މައާފްކޮށްފައެވެ.

ޝިޔާޒު ވިދާޅުވީ މިފަހަރު މައާފުކުރަން ނިންމާފައި ވަނީ 2015 ގައި ޖޫރިމަނާ މައާފުކުރި ތާރީޚުން ފެށިގެން 2016ގެ ނިޔަލަށް ޖޫރިމަނާ ކޮށްފައިވާ ފަރާތްތައް ކަމަށެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރުގެ ޖޫރިމަނާ ވެސް މައާފްކުރަން ވަނީ ނިންމާފައެވެ.

"ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ކޮށްފައިވާ ޖޫރިމަނާތައް މައާފުކުރަން މިހާރު ރައީސުލްޖުމްހޫރިއްޔާ ވަނީ މައާފުކުރަން ނިންމަވާފައި. މީގެ ތެރޭގައި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ނުހިމެނޭ،" ޝިޔާޒު ވިދާޅުވިއެވެ.

ނަމަވެސް 2017ގެ ޕާކިން ޖޫރިމަނާ ސަރުކާރުން މައާފުނުކުރީ ކީއްވެ ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފަހަރު ސަރުކާރުން މައާފްކޮށްފައި ވަނީ 7،895،750ރ. (ހަތް މިލިއަން އަށްލައްކަ ނުވަދިހަ ފަސްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) އަރައެވެ.

އޭގެތެރޭގައި ހިމެނެނީ:

2015:

ސްޓިކަރ: 1،447.750

ޓޯވ:16،000

2016:

ސްޓިކަރ: 6،37،250

ޓޯވ: 55،750

ޝިޔާޒު ވިދާޅުވީ ޖޫރިމަނާ މައާފުކުރީ މިހާރު މާލޭގެ އެކި ސަރަހައްދުގައި މަގުހަދާތީ ޓްރެފިކް މައްސަލަތަކަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް 2017 ގެ ޕާކިން ޖޫރިމަނާ މައާފުކޮށްފައެއް ނުވެއެވެ. މާލޭގެ މަގުތައް ހެދުމުގެ ބޮޑުބައި ކުރިއަށް ގެންގޮސްފައި ވަނީ 2017 އަދި މި އަހަރުއެވެ. 

މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާތީ އެމަގުގެ ބައެއްގައި ޕާކް ކުރުން ވަނީ މަނާ ކޮށްފައެވެ. އަދި މާލޭގެ ބައެއް މަގުތައް ހެދުމަށް ކޮނެފައި ހުރުމުގެ ސަބަބުން ވެސް ބައެއް މަގުތަކުގައި ޕާކް ކުރެވޭނެ ޖާގައެއް ނުހުރެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ޖުލައި 2018 | ބުދަ 09:17
ޝާން
ކޮންމެ ކަމެއްގައިވެސް އޮޅުވާލުން ނޫންކަމެއްނުކުރާނެ. 2015 އާއި 2016 ގައި ޓްރެފިކްގެ ގަވާއިދާ ހިލާފު ވެގެން ފުލުހުން ތަތްކުރި ސްޓިކާތަކަށް މިހާރު ފައިސާ ނުދައްކައި ތިބޭނީ ގާނޫނާއި ހިލާފަށް އަހަރީފީ ނުދައްކާތިބި ބައެއް. 2017 ގެ ސްޓިކާ މައާފުކުރިނަމަ މިކަމުގައިވެސް އިހުލާސްތެރިކަމެއް ވާކަމަށް ގަބޫލުކުރެވުނީސް. 2017 އާއި 2018 އަށް ވުރެ ގިނައިން މަގު ބަންދުކޮށް މަސައްކަތް ކުރި އަހަރެއް ނުދާނެ.