ކ. މާލެ
|
18 ޖުލައި 2018 | ބުދަ 17:22
ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރައީސް ޔާމީން
މަޝްވަރާ ކުރުމަށް 12 ފަހަރު ހުށަހަޅައިފިން: ރައީސް ޔާމީން
އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ތިބީ ޖަލަށްލާފައި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާއަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން މިހާތަނަށް 12 ފަހަރު ހުށަހަޅާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ހއ. ހދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ހއ. ދިއްދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް 12 ފަހަރު މަޝްވަރާއަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ހުށަހަޅާފައި ވީނަމަވެސް އެފަރާތްތަކަށް މަޝްވަރާގެ މޭޒުދޮށައްް އަންނަން ނުކެރުނު ކަމަށެވެ.

މަޝްވަރާއަށް އައުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ބަހަނާ ދައްކަމުންދާ ކަމަށެވެ. އެގޮތުން އެކި ކުށްކުށުގައި ތިބި ކުށްވެރިން މިނިވަން ކުރުމަށް އެދެމުންދާ ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިޔަން އިން ރާއްޖޭގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމުމުގެ އެއް ދުވަސް ކުރިން ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކަށް މަޝްވަރާއަށް ގޮވާލާފައެވެ. އޭގެ ކުރިން ވެސް ސަރުކާރުން ތަކުރާރުކޮށް މަޝްވަރާ ކުރުމަށް ގޮވާލާފައި ވެއެވެ. ހަމަ އެގޮތަށް އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރަށް މަޝްވަރާ ކުރުމަށް ގޮވާލަމުން ގެންދެއެވެ. 

ނަމަވެސް މަޝްވަރާއަށް ހުރަސްއެޅިފައިވާ މައިގަނޑު ސަބަބަކީ އިދިކޮޅު ސިޔާސީ ހުރިހާ ޕާޓީތަކެއްގެ ލީޑަރުންނާއި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބޭފުޅުން ޖަލަަށް ލާފައި ތިބުމެވެ. 

ރައީސް ޔާމީން މަޝްވަރާގެ ވާހަކަފުޅު ދެއްކެވިއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ސަރުކާރާއި އެކު މަޝަވަރާ ކުރާނެ މާހައުލެއް ނެތް ކަމަށެވެ. އަދި ސަރުކާރާއެކު މަޝްވަރާ ކުރާ ނަަމަ އެކަން ނިންމާނީ ގުޅިފައިވާ ކޯލިޝަނުން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް