ކ. މާލެ
|
18 ޖުލައި 2018 | ބުދަ 17:18
ރައީސް ޔާމީން ހއ. ދިއްދޫގައި: އިދިކޮޅު ލީޑަރުންނަށް ފާޑުވިދާޅުވި
ރައީސް ޔާމީން ހއ. ދިއްދޫގައި: އިދިކޮޅު ލީޑަރުންނަށް ފާޑުވިދާޅުވި
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
ގައުމަށް ނުހޮރޮއްޕާން ކުރިމަތިވީ ސިޔާސީ ލީޑަރުންނާ ހުރެ: ރައީސް ޔާމީން
ސިޔާސީ ލީޑަރުން އަމިއްލަ އެދުން އިސްކުރާ ކަމަށް ވިދާޅުވި
މިނިވަން ހިޔާލެއް މެމްބަރުންނަށް ފާޅެއް ނުކުރެވޭނެ: ރައީސް
އެ ވާހަަކަފުޅުތައް ވިދާޅުވީ ހއ. ދިއްދޫގައި

ރާއްޖެއަށް މިހާތަނަށް ކުރިމަތިވި "ނުހޮރޮއްޕާނެއް" ކުރިމަތިވެފައި ވަނީ ސިޔާސީ ލީޑަރުންނާ ހުރެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހދ. އާއި ހއ. ގެ ރަށްތަކަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖެއިން މިހާތަނަށް އުފުލަން ޖެހުނު ތަކުލީފެއް އުފުލަން ޖެހުނީ ސިޔާސީ ލީޑަރުން އަމިއްލަ އެދުން އިސްކުރުމުން ކަމަށެވެ.

"މިތަނަށް އައިއްޔާ އައި ނޮހޮރޮއްޕާނެއް، މިހާތަނަށް އުފުލަން ޖެހުނިއްޔާ އުފުލަން ޖެހުނު ތަކުލީފެއް މިއޮތީ ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުން އިސްކުރީމަ. ގައުމީ މަސްލަހަތާއި ގައުމީ ސިޔާދަތާއި މުޅި ގައުމުގެ މަސްލަހަތަށް ވުރެ، ސިޔާސީ ފަރުދުން ބޭނުންވާ ކަންކަން އިސްކުރީމަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައި، ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްލަތީފު މުހައްމަދު ޕީޕީއެމުން ވަކިވެވަޑައިގެން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާތީ ރައީސް ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. މެމްބަރު ލަތީފުގެ ނަން ފާހަގަ ނުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އޭނާއަކީ "މަވެތި" ބޭފުޅެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހަށް އިންތިހާބުވުމަކީ "މިނިވަންވީ ނޫން" ކަމަށާއި މިނިވަން ހިޔާލެއް ވެސް ފާޅު ނުކުރެވޭނެ ކަމަށެވެ. މަޖިލީހަށް އިންތިހާބުވުމަށް ފަހު މަޖިލީހުގެ މެމްބަރުގެ މަސްއޫލިއްޔަތަކީ ދިވެހި ދައުލަތާއި ތަރައްގީއަށް އެންމެ ފުރަތަމަ އިސްކަން ދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ އަށް ފަހު، އެމަނިކުފާނު ވިދާޅުވީ އެއްވެސް މީހަކަށް ގައުމުގެ މަސްލަހަތު އެއްފަރާތްކޮށްފައި ދާއިރާގެ މަސްލަހަތުގެ ވާހަކައެއް ނުދެއްކޭނެ ކަމަށާއި އެއީ ގާނޫނުއަސާސީގައި މަނާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މަޖިލީހަށް ހޮވާފަ މީހާ ފޮނުވީމަ، އެއްގޮތަކަށް ވެސް މިނިވަންވީކީ ނޫން. އޭނަގެ ނޯންނާނެ މިނިވަން ހިޔާލެއް. އޭނާގެ ހިޔާލުތައް އަންނަން ވާނީ ރަށަށާއި ދައުލަތަށާއި ތަރައްގީ އެންމެ ފުރަތަމަ ކަމަކަށް. ރަށަށް ހިޔާނާތްތެރިނުވުން. ރަށަށް ޣައްދާރު ނުވުން. ރަށުގެ އަމާނާތާއި ކަރާމާތަށް އިސްކަން ދިނުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އަޣުލަބިއްޔަތުން ބަލާ ނަމަ، މިއަދު އެންމެ ތާއިދު ބޮޑީ "އަޅުގަނޑުމެންނަށް" ކަމަށެވެ.

ހދ. އާއި ހއ. އަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ކެލާއަށާއި ބާރަށުގެ އިތުރުން ހަނިމާދޫއަށެވެ. ހޯމަ ދުވަހު ފެއްޓެވި އެ ދަތުރުފުޅުގައި ނޮޅިވަރަމާއި ހޯރަފުއްޓާއި އިހަވަންދޫއަށް ވެސް ވަޑައިގެންފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
18 ޖުލައި 2018 | ބުދަ 09:30
ހ މ ޒ
ސާބަހޭ ލޮބުވެތި ރައީސް...މަނިކުފާނުގެ ހިތްވަރުފުޅަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން...ތިޔައީ ގައުމުދެކެ ލޯބިވާ ވެރިންނަކީ
18 ޖުލައި 2018 | ބުދަ 08:15
ހެއްރަބެ
އަނހާ ސަހަރޯ އަމިއްލަ އެދުމުގެ ވާހަކަ މަނިކުމާނު ދެއްކެވީމަ އަންނަނީ ހިނި!!!އ
18 ޖުލައި 2018 | ބުދަ 07:55
ގަޅި ރައީސް
ސާބަސް.އަނގަ ނަޖިސްވެ ތަޣައްޔަރު ވެއްޖެ.ވެރިކަމަކާއި ހެދިގެން ...ނޮހޮރުއްޕާން ވީ ވައްކަން ކުރާތީ،