ކ. މާލެ
|
18 ޖުލައި 2018 | ބުދަ 11:11
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
އެމްޑީޕީ
ރިޔާސީ ރޭސް 2018
އަމިއްލަ ދަތުރުފުޅެއްގައި އިބޫ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ވަޑައިގެންނެވީ ދަރިކަނބަލުންގެ ގްރެޖުއޭޝަނަށް
މިއީ ހަތް ދުވަހުގެ ދަތުރުފުޅެއް
އަނބުރާ ވަޑައިގެން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނެ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިޙް އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވައިފިއެވެ.

އިބޫގެ ތަރުޖަމާން, މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ރާއްޖެ އެމްވީއަށް ވިދާޅުވީ އިބޫ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވާފައިވާ ކަމަށާއި އެއީ އަމިއްލަ އާއިލީ ދަތުރުފުޅެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ އިބޫގެ ދަރިކަނބަލުންގެ ގްރެޖުއޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ އެދަތުރުފުޅުގައި ގާތްގަނޑަކަށް ހަފުތާއެއް ހާ ދުވަސް ވާނޭ ކަމަށެވެ. އަދި އެނބުރި ވަޑައިގެންނެވުމަށް ފަހު އަނެއްކާ ވެސް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާ ބަންދުގައި އިބޫ ވަނީ އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގެންފައެވެ. އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީން ގިނަ ބަޔަކު ވަނީ އިބޫއަށާއި އިބޫގެ ރަނިން މޭޓް ފައިސަލް ނަސީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ޖުލައި 2018 | ބުދަ 03:04
އާދަނު
ދެން އަންގާރަ ދުވަހު ހަވީރު އެމްޑީޕީ ހަރުގޭގަ އިބޫ ކީއްކުރީ؟؟