ކ. މާލެ
|
18 ޖުލައި 2018 | ބުދަ 07:16
އެމްޑީޕީ އިން އެންމެ ފަހުން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ
އެމްޑީޕީ އިން އެންމެ ފަހުން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ
އެމްޑީޕީ
ރިޔާސީ އިންތިޚާބު 2018
ވެރިކަމަށް އައީ ރިސޯޓް ހިއްސާގެ ވައުދާ އެކު، ވެރިކަން ނިމޭއިރު ވޯޓުލުމުގެ ހައްޤު ވެސް ނުލިބޭ: ޝާހިދު
ޝާހިދު ވިދާޅުވީ މިއީ "ފުކެއް ބޮޑުވަރު" ކަމަށް
އެންމެ 7 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ސަރުކާރުގެ ނުފޫޒުން: އިދިކޮޅު ފަރާތްތައް
އިލެކްޝަންސް ކޮމިޝަންގެ ނިންމުމުގެ ސަބަބުން ދިހަ ހާހެއްހާ ރައްޔިތުންގެ ވޯޓުލުމުގެ ހައްޤު ގެއްލިގެންދާނެ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ރިސޯޓްތަކުގެ ހިއްސާ ދޭނެކަމުގެ ވައުދާ އެކުގައި ކަމަށާއި، އެހެން ނަމަވެސް ވެރިކަން ނިމޭއިރު ލާ ވޯޓުގަނޑު ވެސް ލުމުގެ ފުރުސަތު ވެސް ރިސޯޓްތަކުގެ މުވައްޒަފުންނަށް ލިބުނަ ނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުމުން އެކަމަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ މިއީ "ފުކެއް ބޮޑުވަރު" ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ރިސޯޓުތަކުގައި 42 ވޯޓު ފޮށި ބެހެއްޓުމަށް ފަހު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ސަރުކާރުގެ ނުފޫޒުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި މިއީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެޅޭ ހުރަހެއް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ފާހަގަކުރެއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ފޮށި ބަހައްޓާނީ 250 އަށް ވުރެ ގިނަ އިން ވޯޓުލާން މީހުން ރަޖިސްޓްރީކުރާ ރިސޯޓްތަކުގައި އެކަނި ކަމަށެވެ. އެހެން ނަމަވެސް މިހާރު ވެސް 250 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުން ތިބި ރިސޯޓްތަކުގެ އަދަދު ހަތަކަށް ވުރެ އިތުރުވާއިރު، އެންމެ ހަތް ރިސޯޓްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ސަބަބާ މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދައެވެ. 

ޕީޕީއެމްއިން 2013 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލިއިރު ރިސޯޓްތަކުގެ ހިއްސާ މުވައްޒަފުންނަށް ދޭނެކަމުގެ ވައުދު އެޕާޓީގެ މެނިފެސްޓޯގައި ހިމެނިއެވެ. އެހެން ނަމަވެސް ދައުރު ނިމިގެންދާއިރު އެވައުދު ފުއްދިިފައި ނުވާއިރު، ޝާހިދު ފަދައިން އެހެން ބައެއް ބޭފުޅުން ވެސް ގެންދަވަނީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހައްޤުގައި މަސައްކަތްކުރާ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުމުގެ ސަބަބުން ދިހަ ހާހެއްހާ ރައްޔިތުންގެ ވޯޓުލުމުގެ ހައްޤު ގެއްލިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް