ކ. މާލެ
|
18 ޖުލައި 2018 | ބުދަ 01:07
ކޯލިޝަންގެ ރަނިންގ މޭޓް ފައިސަލް ނަސީމް މެމްބަރުންނާއި ބައްދަލުކުރައްވަނީ
ކޯލިޝަންގެ ރަނިންގ މޭޓް ފައިސަލް ނަސީމް މެމްބަރުންނާއި ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
12 މެމްބަރުންގެ ގޮނޑި
ގޮނޑި ގެއްލިފައިވާކަމަށް ބުނާ މެމްބަރުންނާއި ކޯލިޝަންގެ ރަނިންގ މޭޓް ފައިސަލް ބައްދަލުކުރައްވައިފި
12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި އަދުލުވެރި ނިންމުމެއް ނިމިގެން ދިއުމަކީ އުއްމީދެއް ކަަމަށް ވިދާޅުވި

ގޮނޑި ގެއްލިފައިވާކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ ޕާޓީތަކުގެ ރަނިންގމޭޓް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި މެމްބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، މިހާތަނަށް އައިއިރުވެސް އެ މެންބަރުންގެ މައްސަލައިގައި އެއްވެސް ގޮތެއް ނުނިމި، މަޖިލީހުގައި އެބޭފުޅުންގެ ދާއިރާތަކަށް ނިސްބަތްވާ 60،000 ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވާކާލާތު ނުކުރެވި ދާތީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަދި އުއްމީދަކީ ވީހާވެސް އަވަހަށް ޖުޑީޝަރީގެ ތެރެއިން އެބޭފުޅުންނާއި މެދު އިންސާފުވެރި ނިޔާއެއް ކަނޑައެޅިގެން ދިއުންކަަމަށް ފައިސަލް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނާއިވެސް ފައިސަލް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ވުމުގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެޕާޓީގެ ރައީސް އަލީ ވަހީދުވެސް ވަނީ ސްކައިޕް މެދުވެރިކުރައްވާ ބައްދަލުކުރައްވާފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް