ކ. މާލެ
|
18 ޖުލައި 2018 | ބުދަ 04:49
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ރާއްޖެ އެމްވީ
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފަކު ގޭގައި މަޑުކުރަން އަންގައިފި
ގޭގައި މަޑުކުރަން އެންގީ ސޯޝަލް މީޑިއާގައި ފާޅުކުރި ހިޔާލަކާ ގުޅިގެން

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފަކު ގޭގައި މަޑުކުރަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

ގޭގައި މަޑުކުރަން އަންގާފައި ވަނީ ހޮސްޕިޓަލުގެ އިދާރީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުހައްމަދު މުއީނު އެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ވޭތުވެދިޔަ 7 އަހަރު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.

މުއީނު ގޭގައި މަޑުކުރަން އަންގާފައި މިވަނީ ސޯޝަލް މީޑިއާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކޮށް ހިޔާލު ފާޅުކޮށްފައި ވަނިކޮށެވެ. އަދި މުއީން ގޭގައި މަޑުކުރަން އެންގި އިރު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބް ވެސް ގެންދަވަނީ ހިތަދޫގައި ހަރަކާތްތެރިވަމުންނެވެ. 

މުއީނު ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް ހިތަދޫ ރިޖަނަލް ހޮސްޕިޓަލުގެ އޮފިޝަލެއް ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އޮފިޝަލް ވިދާޅުވީ މުއީނު ގޭގައި މަޑުކުރަން އަންގާފައި ވަނީ އަންގާރަ ދުވަހު (އިއްޔެ) ކަމަށެވެ. ނަމަވެެސް މުއީނު ގޭގައި މަޑުކުރަން އެންގީ ކޮންސަބަބަކާހުރެ ކަމެއް އޮފިޝަލް ވެސް ވިދާޅެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް