ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 20:34
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ
ރާއްޖެއެމްވީ
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ
ސަރުކާރުން މަޝްވަރާތައް ބާއްވަން ޖެހޭނީ ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވޭ ގޮތަށް : މާރިޔާ
ސަރުކާރުގެ މަޝްވަރާތަކަށް އިބޫއަށް ވަނީ ދައުވަތު އަރުވާފައި

ސިޔާސީ ޕާޓީތަކާއެކު ކުރަން ބޭނުންވާ މަޝްވަރާތައް ސަރުކާރުން ކުރަން ޖެހޭނީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވޭ ގޮތަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ ސަރުކާރާއެކު މަޝްވަރާތަކުގައި ބައިވެރިވުމަށް އިބޫއަށް ސަރުކާރުން ދައުވަތު އަރުވާފައިވަނިކޮށެވެ. ރާއްޖެއެމްވީއަށް މާރިޔާ ވިދާޅުވީ އިބޫ ބޭނުންފުޅުވެވަޑައިގަންނަވަނީ ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާކޮށް މިއަހަރުގެ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހަދައި ރާއްޖޭގެ ސިޔާސީ މަޝްރަހަށް ދާއިމީ ހަމަ ޖެހުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.  ނަމަވެސް ސަރުކާރާއެކު އިދިކޮޅު ޕާޓީތަކުން މަޝްވަރާތަކުގައި ބައިވެރިވުމަށް 2016 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރިއިރު އޭރު ވެސް ހުރި ހުރަސްތައް މިއަދު ވެސް އެގޮތުގައި ހުރި ކަމަށް އިބޫ ދެކިވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.  

ހަމަ އެހެންމެ ސަރުކާރުން މަޝްވަރާތައް ބާއްވަން މިހާރު ޖެހޭނީ ޖޮއިންޓް އޮޕޮސިޝަނުގައި ހިމެނޭ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އާއި ރައީސް މައުމޫނު އަބްދުލްގައްޔޫމާއެކު ކަމަށް ވެސް މާރިޔާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

އަދި އެ މަޝްވަރާތަކުގައި ރައީސް މުހައްމަދު ނަޝީދާއި އިމްރާން އަބްދުﷲ އާއި ގާސިމް އިބްރާހިމަށް ވެސް ބައިވެރިނުވެވޭ ގޮތަށް މަޝްވަރާތައް ނުބޭއްވުމަށް އިބޫ އިލްތިމާސް ދަންނަވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.      

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް