ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 22:07
ކުރީގެ ޔޫތް މިނިސްޓަރު އަދި ޓުއަރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަލީހް
ކުރީގެ ޔޫތް މިނިސްޓަރު އަދި ޓުއަރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަލީހް
ސިމާހާ ނަސީމް
މަލީހް ޖަމާލް
ރިޒޯޓުތަކުގެ މުވައްޒަފުންންގެ ހައްގުގައި މެނޭޖުމަންޓުތަކުން ވޯޓު ފޮށި ބަހައްޓަން މަސައްކަތްކޮށްދެއްވާ: މަލީހް
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގެ 42 ރިޒޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާނީ ހަތް ރިޒޯޓުގައި

ރިޒޯޓުތަކުގެ މުވައްޒަފުންގެ ހައްގުގައި ރިޒޯޓުތަކުގެ މެނޭޖްމަންޓް އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީ ފޮނުވާ ވޯޓު ފޮށި ރިޒޯޓުގައި ބަހައްޓަން ބާރު އަޅާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަދި ޓުއަރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ. 

އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި މަލީހް ވިދާޅުވީ ވަގުތު ފާއިތުވުމުގެ ކުރިން ރިޒޯޓުތަކުން މިކަން ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 2013 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރިޒޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް އިލެކްޝަންސް ކޮމިޝަނުން މަދު ކުރަން ވަނީ ނިންމާފައެވެ. އެގޮތުން 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގެ 42 ރިޒޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އެންމެ ހަތް ރިޒޯޓުގައެވެ. 

އަންގާރަ ދުވަހު މަލީހް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރިޒޯޓުތަކުގައި އިތުރު ވޯޓު ފޮށި ނުބަހައްޓައިފިނަމަ ވޯޓުލާ ދުވަހު ރާއްޖޭގެ ރިޒޯޓުތައް ހުއްޓުމަކަށް އައިސްދާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށެވެ. އެހެންކަމުން ފަސޭހައިން ވޯޓުލެވޭ ގޮތަށް ރިޒޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އީސީ އަށް ގޮވާލާ ކަމަށް މަލީހް ވިދާޅުވިއެވެ. އަދި ރައީސް އަބްދުﷲ ޔާމިން އަށް ގިނަ ރިޒޯޓުތަކުން ލިބޭނީ ސުން ވޯޓު ކަމަށް ވެސް މަލީހް ވިދާޅުވިއެވެ. 

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށިތައް ބަހައްޓާ ރިޒޯޓުތައް މަދު ކުރުމާ ގުޅިގެން އީސީ އަށް ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އަދި މިއީ ރައީސް ޔާމިންގެ ނުފޫޒުން އިންތިޚާބަށް ނުފޫޒު ފޯރުވަން އީސީ އިން ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކުރާ ކަމެއް ކަމަށް ވެސް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ތުހުމަތު ކުރެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް