ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 21:03
ރައީސް ޔާމީން: ސިކުނޑި ބޭނުންކޮށްގެން ވޯޓު ލެެއްވުމަށް އެދިވަޑައިގެންނެވި
ރައީސް ޔާމީން: ސިކުނޑި ބޭނުންކޮށްގެން ވޯޓު ލެެއްވުމަށް އެދިވަޑައިގެންނެވި
ރައީސް އޮފީސް
ރިޔާސީ އިންތިހާބު
ޑިމޮކްރަސީ އޮތީ ޅަފަތަކު ނޫން، ފޫޅު ވެސް ކަނޑައިފި: ރައީސް ޔާމީން
ޑިމޮކްރަސީ ކަމުނުގޮސްގެން، އުޅެނީ ނާޖާއިޒު ފައިދާ ނަގަން: ރައީސް

ރާއްޖޭ ޑިމޮކްރަސީ އޮތީ ޅަފަތުގައި ނޫން ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީގެ "ފޫޅުވެސް" ކަނޑާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ގެނެސްފައިވާ ޑިމޮކްރަސީ ކަމުނުގޮސްގެން، އުޅެނީ ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީހުންނަށް ކަމަށެވެ. އެގޮތުން ބައެއް މީހުން ބޭނުން ވަނީ "ޖެހުނު ގޮތަކަށް ކަންކަން އަނބުރާލަން" ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން އެ މައްޗަށް އަމަލު ކުރަން ލާޒިމު ގާނޫނުތައް ހެދުމުގެ ބާރު ހަމަ ގައިމު ވެސް މި ދިނީ އެކަން ކަމަށް ތަސައްރަފު ފުދޭ ބައެއް ކަމަށް ދެކިގެން. އެހެންވީމަ އެ މީހުން ނުކުމެ މި ދެންނެވި ކަހަލަ ކަންކަން ކުރީމަ، ތަސައްރަފު ނުފުދޭތީކީ ނޫން. ޑިމޮކްރަސީގެ ފޫޅު ވެސް ކަނޑައިފި. އެހެންވީމަ ޑިމޮކްރަސީ ޅަފަތުގައި އޮތް ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ނެތް،" ހޯރަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ހޯރަފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބާ ހަމައަށް ދާއިރު، ރައްޔިތުން ގެންގުޅެން ވާނީ ތަނަވަސް ސިކުނޑިއެއް ކަމަށާއި އެ ސިކުނޑި ބާއްވާފައި ވޯޓުލާން ނުދިއުމަށް ހުރިހާ ރައްޔިތުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެންމެ އިސްކޮށް އުޅެންޖެހޭ ބަޔަކީ އިންތިޚާބުތަކުގައި ވާދަކުރަން ބޭނުންވެގެން ނުކުންނަ މީހުން ކަމަށާއި ރައްޔިތުން "ފަޒާގައި" ގެދޮރު އަޅަން ނުވިސްނައި ބިމާ ހަމައިގައި ތިބެގެން ތަރައްގީއާ އެކު ކުރިއަށް ދާންޖެހޭ ކަމަށެވެ.

ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

"ވޯޓާ ހަމައަށް ދާއިރު، ސިކުނޑި ތަނަވަސްކޮށް ސިކުނޑި ހުޅުވައިގެން ވަޑައިގަންނަވާ. ގޭގައި ސިކުނޑި ބާއްވާފައި ވަޑައި ނުގަންނަވާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް